20 ނޮވެމްބަރ 2019
މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ޓްރެފިކިން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރަން އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޓީ ގައި 14 މެމްބަރުން ތިއްބަވާނެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކާއި ސަރުކާރުގެ ގިނަ ދާއިރާތަކެއްގެ ބޭފުޅުން ވެސް ހިމެނެ އެވެ.
ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، އެ ކޮމިޓީ ގައި އަށް މެމްބަރުން ތިއްބަވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެގޮތުން، މަޖިލީހުގެ މެމްބަރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލާއި އިތުރު ބައެއް ދާއިރާތަކުގެ ބޭފުޅުން އެ ކޮމިޓީ ގައި ތިއްބަވަން ނުޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ބިލްގައި ހުށަހަޅާފައިވެ އެވެ.
އެ ބިލްގައިވާ ގޮތުން އެ އިސްލާހަށް އަމަލު ކުރަން ފަށާތާ 10 ދުވަސް ތެރޭގައި އެ ކޮމިޓީ އެކުލަވައިލަން ޖެހޭނެ އެވެ. އެކަމަކު، އާ ކޮމިޓީ އެކުލަވައިލެވެންދެން ކުރިން އޮތް ކޮމިޓީ ދެމިއޮންނާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އޮތީ އެ ކޮމިޓީގެ މަސައްކަތްތަކުގައި ކޮންމެހެން ލަފާ ބޭނުން ނުވާ ފަރާތްތަކާއި މަސްލަހަތު ފުށުއަރާ ފަރާތްތައް ތިބުމުން ކޯރަމް ހަމަ ނުވުމުގެ މައްސަލަ ދިމާވެ، ބައްދަލުވުންތައް ނުބޭއްވޭތީ ކޮމިޓީ ހިންގުން ހަރުދަނާ ކުރުމަށެވެ. ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުން ވިލަރެސް ކުރާ ކޮމިޓީ އަކީ ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ރައީސަށް ލަފާ ދިނުމާއި ސަރުކާރުން އެކަމާ ގުޅޭގޮތުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރަމުންދޭތޯ ބަލަންޖެހޭ ކޮމިޓީ އެވެ.
ހިއުމަން ޓްރެފިކިންގެ ފައިސާ ދައުލަތަށް ނެގޭގޮތް ހަދަނީ
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟
ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި:ސަލީމް
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ