15 ނޮވެމްބަރ 2019
މިދިޔަ އަހަރު ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލަށް ލިބުނީ އޭނާ ދެއްކި ތަފާތުގެ ސަބަބުންނެވެ. ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ހަވީރު ފިލިޕީންސް އަތުން ރާއްޖެ 2-1 އިން ބަލިވި ނަމަވެސް މެޗުގައި ފައިސަލް ދެއްކި ކުޅުމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓާއި ފިލިޕީންސްގެ ކޯޗު ސްކޮޓް ކޫޕާ ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލަށް ލިބުނީ އޭނާ ދެއްކި ތަފާތުގެ ސަބަބުންނެވެ. ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ހަވީރު ފިލިޕީންސް އަތުން ރާއްޖެ 2-1 އިން ބަލިވި ނަމަވެސް މެޗުގައި ފައިސަލް ދެއްކި ކުޅުމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓާއި ފިލިޕީންސްގެ ކޯޗު ސްކޮޓް ކޫޕާ ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
އިއްޔެ ރާއްޖޭން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 30 ވަަނަ މިނިޓްގައި ފިލިޕީންސަށް ލިބުނު ޕެނަލްޓީން ފިލިޕީންސްގެ ޕެޓްރިކް ރެއިޝެލްޓް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ. އަދި ދެ ވަނަ ހާފުގައި ފިލިޕީންސުން ޖެހި ދެ ވަނަ ލަނޑުގައި ވެސް ފައިސަލް ވަނީ ގޯލު ކުރިމަތިން ކަހަލަ ގޮތަކަށް ޖެހި ބޯޅައެއް ހުއްޓުވައިފަ އެވެ.
ފިލިޕީންސް ގޯލު ބަލަހައްޓަމުން އަންނަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ނީލް އެތެރިޖް އެވެ. އިއްޔެގެ މެޗުގައި އޭނާ ވެސް ވަނީ އޭރިއާތެރެއިން ރާއްޖޭގެ އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ބޯޅައެއް ހުއްޓުވައިފަ އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެތެރިޖަކީ ފިލިޕީންސަށް ކިހާ މުހިއްމު ކުޅުންތެރިއެއްތޯ ސުވާލުކުރުމުން ފިލިޕީންސްގެ ކޯޗު ފުރަތަމަ ވެސް ދެއްކީ ރާއްޖޭގެ ކީޕަރު ފައިސަލްގެ ވާހަަކަ އެވެ.
ރާއްޖޭގެ ގޯލްކީޕަރު ފައިސަލް ޕެނަލްޓީ މަތަކުރުމުން އަކްރަމް (ކ) އާއި ކުރޯ (ވ) މަރުހަބާ ކިޔަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަހަންނަށް ވަރަށް މޮޅު ރާއްޖޭގެ ކީޕަރު (ފައިސަލް) އެ ޕެނަލްޓީން ކުރި ސޭވް. އޭނަ ވެސް ޓީމު މެޗުގައި ބާއްވައިދޭން މުހިއްމު ރޯލެއް ކުޅެފި. އެ ވެސް ފާހަގަކުރަން ޖެހޭ ކަމެއް. ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެމެންގެ ކީޕަރު ނީލް (އެތެރިޖް)ގެ ވާހަކަ ދައްކާނެ. އޭނަ އަކީ ޕްރިމިއާ ލީގުގައި ކުޅެފައި ހުރި ކީޕަރަކަށްވީމަ. މި މެޗުގައި އަހަރެންނަށް ވަރަށް ކަމުދިޔަ އޭނަ ކޯނަރުތަކާއި ހުރަސްތަކުގައި ޓީމުގެ ޕްރެޝަރު ކަޑުވާލަން އެ ކުރި މަސައްކަތް،" ކޫޕާ ބުންޏެވެ.
އޭނާ ބުނީ ފިލިޕީންސަށް ނިސްބަތްވާ ޔޫރަޕްގައި ކުޅޭ ފެންވަރު ރަނގަޅު އަށް ކީޕަރުން އެބަތިބި ކަމަށާއި މި ވަގުތު ރަނގަޅު ތިން ކީޕަރުން ޓީމުގައި ތިބުމުން، ބާކީވެފައި އެ ތިބި ކީޕަރުންނާ މެދު އޭނާ ކަންބޮޑުވާ ކަމަށެވެ. އަދި މުޅި އޭޝިއާ އަށް ބެލިޔަސް އެންމެ ރަނގަޅު ކީޕަރުން ތިބީ ފިލިޕީންސްގައި ކަމަށް އޭނާ ބުންޏެވެ..
ގައުމީ ކޯޗު ސެގާޓް ބުނީ ރާއްޖޭން މެޗުގައި ދެއްކި ކުޅުމުގައި ވެސް ފައިސަލްގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި މެޗުގެ ހާއްސަ ވަގުތެއްގައި ފިިލިޕީންސަށް ލިބުނު ޕެނަލްޓީ ދިފާއުކުރުމުގައި ފައިސަލް ދެއްކީ އާދަޔާހިލާފު ހިތްވަރެއް ކަމަށް ސެގާޓް ބުންޏެވެ.
"އޭނަ އަށް އަހަރެމެން އިތުބާރު ކުރަނީ ވެސް އެ ސަބަބު އޮތީމަ. އަބަދުވެސް ބޭނުންވާ ގަޑީގައި ތަފާތު ދައްކާ،" ސެގާޓް ބުންޏެވެ.
ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އުމުރުން 31 އަހަރުގެ ފައިސަލް އަންނަނީ މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ގޯލުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ދަ ގްރާންޑޭ އިން މި ސީޒަނުގައި ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި ފައިސަލްގެ މުހިއްމު ސޭވްތައް ފާހަގަކުރަން ޖެހެ އެވެ.
ފައިސަލް އޮޕަރޭޝަން ކޮށްފި، ކުޅެވޭނީ ނުވަމަހަށްފަހު
އަނިޔާވެގެން ފައިސަލްއަށް ސާފް ޗެމްޕިއަންޝިޕް ގެއްލިއްޖެ
ލަންކާ މުބާރާތުގައި ނާޖީއާ ގޯލް ހަވާލުކުރަން ބިރެއްނެތް
އިންޑިއާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު:ފައިސަލް
ސާފުގެ މޮޅު ކުޅުންތެރިޔާއަށް މިފަހަރު އޮތް ޒިންމާ ބޮޑު
އެލަވަންސް ލަސްވުމަކީ ބޮޑު ސުވާލެއް: ފައިސަލް
"ޓީމަށް އިތުބާރު ހޯދައިދެނީ ފައިސަލް"
ފައިސަލްގެ ކުޅުމަށް ކޯޗު ތައުރީފްކޮށްފި
އޮމާން މެޗު: ފައިސަލަށް ބޮޑު އިމްތިހާނެއް!
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް