13 ސެޕްޓެމްބަރ 2021
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ކުރިމަތިލާއިރު ރާއްޖެ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާފް ޗެމްޕިއަންޝިޕުގެ ތަޖުރިބާ އެންމެ ބޮޑަށް ހާސިލު ކުރި ކުޅުންތެރިން ރާއްޖޭގައި ތިބުމެވެ. ރާއްޖެ ފިޔަވައި މުބާރާތުގައި ބައިވެރިވާ އަނެއް ހަތަރު ޓީމަށް އެ ފުރުސަތެއް ނެތެވެ. ޕޮޒިޓިވް އޭންގަލަކުން އެކަން ވިސްނައިފި ނަމަ އެއީ ރާއްޖެ އަށް ނެގެން އޮތް ބޮޑު އެޑްވާންޓޭޖެކެވެ.
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ކުރިމަތިލާއިރު ރާއްޖެ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާފް ޗެމްޕިއަންޝިޕުގެ ތަޖުރިބާ އެންމެ ބޮޑަށް ހާސިލު ކުރި ކުޅުންތެރިން ރާއްޖޭގައި ތިބުމެވެ. ރާއްޖެ ފިޔަވައި މުބާރާތުގައި ބައިވެރިވާ އަނެއް ހަތަރު ޓީމަށް އެ ފުރުސަތެއް ނެތެވެ. ޕޮޒިޓިވް އޭންގަލަކުން އެކަން ވިސްނައިފި ނަމަ އެއީ ރާއްޖެ އަށް ނެގެން އޮތް ބޮޑު އެޑްވާންޓޭޖެކެވެ.
ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ދެ ކުޅުންތެރިން ރާއްޖޭގެ ޓީމުގައި އެބަތިއްބެވެ. އެއީ ރާއްޖެ އިން އެންމެ ފުރަތަމަ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އާއި އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕު ކާމިޔާބު ކުރި އިރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ކީޕަރު މުހައްމަދު ފައިސަލް އެވެ.
މި ފަހަރުގެ މުބާރާތާ ހަމައަށް ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯލްޑާއަކީ ފައިސަލް އެވެ. މިފަހަރު އޭނާގެ ޒިންމާ މާބޮޑު ކަމަށް ފައިސަލް ގަބޫލު ކުރެ އެވެ. ޗެލެންޖު ވެސް ބޮޑެވެ. ސާފް ޗެމްޕިއަންޝިޕު ޖެހިޖެހިގެން ކާމިޔާބު ކުރި ޓީމެއް އިންޑިއާ ނޫނީ ނެތެވެ. އެ ފުރުސަތު މިހާރު ހޯދެން އޮތީ ރާއްޖެ އަށެވެ. ހާއްސަކޮށް އަމިއްލަ ގައުމުގައި ބާއްވާ މުބާރާތް ކާމިޔާބު ކުރުން ދިވެހިންނަށް އޮތީ މުހިންމުވެފަ އެވެ.
ކީޕަރު ފައިސަލް ގައުމީ ޓީމުގެ ޕްރެކްޓިހުގައި --- ފަައިލް ފޮޓޯ
"މިފަހަރު ޗެލެންޖު ބޮޑު. އެކަމަކު ފުރުސަތު ވެސް އެހާ ބޮޑު،" ގައުމީ ޓީމާ އެކު ގަތަރުގައި މިހާރު ތަމްރީނުތައް ހަދަމުންދާ ފައިސަލް ބުންޏެވެ.
"އަހަންނަށް އޮތް ޗެލެންޖު ވެސް ބޮޑު ވެދާނެ. އެކަމަކު އަހަރެމެން ކުޅޭނީ ޓީމެއްގެ ގޮތުގައި. މަސައްކަތް ކުރާނީ ޓީމަށް ކާމިޔާބު ހޯދަން."
ފައިސަލް ބުނީ އެންމެ ފަހުގެ މުބާރާތުގައި ވެސް އެވޯޑަކަށް ނުވިސްނާ ކަމަށެވެ. ނަމަވެސް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަކީ އޭނާގެ އިތުރުން ގޯލްކީޕިން ޑިޕާޓްމެންޓަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
"އަހަންނެއް ނުދެކެން އެވޯޑަކީ އަހަރެންނަށް އެކަނި ލިބުނު އެއްޗެއް ކަމަކަށް. އަސްލަމް ކޯޗް (ގޯލް ކީޕަރު ކޯޗް އަސްލަމް އަބްދު ރަހީމް) ގެ ވަރަށް ބަައިވަރު މަސައްކަތް އެވޯޑްގެ ފަހަތުގައި ވާނެ. އަދި ޓީމުގެ އެހެން ކީޕަރުން ވެސް ޗެލެންޖެއް ދިނީމަ އަހަރެމެންނަށް އެގޮތަށް މަސައްކަތް ކުރެވުނީ."
އެ ފަހަރު މުބާރާތަށް ގައުމީ ޓީމު ތައްޔާރު ވަމުން ދިޔައިރު އެފްއޭއެމުން ގެނެސްދިން ވީޑިއޯ އިންޓަވިއުއެއްގައި އަސްލަމް ބުނެފައި ވަނީ، އެ ފަހަރު ކީޕަރުންގެ ފެންވަރު ތަފާތު ވާނެ ކަމަށެވެ. އަސްލަމްގެ އެ އިންޓަވިއު ހަނދާން ފައިސަލް އާ ކުރި އެވެ.
"އެ އިންޓަވިއު ދީފައި އައިސް އަސްލަމް ކޯޗު ބުނި މި އައީ އެގޮތަށް ބުނެފައޭ. އެހެން ބުނީމަ ވެސް ހިތަށް އެރި އިތުރަށް މަސައްކަތް ކުރާނަމޭ،" ފައިސަލް ކިޔައި ދިނެވެ. "ހަގީގަތުގައި އަސްލަމް ކޯޗު އެ ޗެލެންޖު އެގޮތަށް ނެގީމަ އެފަހަރު ކާމިޔާބުވީ ވެސް."
ސާފް ޗެމްޕިއަންޝިޕު 2018 ގެ ޓްރޮފީއާއެކު ފައިސަލް ފޮޓޯއަކަށް ހުއްޓިލައިގެން --- ފައިލް ފޮޓޯ
މިފަހަރު ގޯލްކީޕިން ކޯޗިން ޓީމުގައި ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ވެސް ހިމެނެ އެވެ. އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިމްރާން އަކީ ބަތަލެކެވެ. ފައިސަލް ބުނީ އިމްރާން ކޯޗިން ޓީމުގައި ހުރުން އެއީ ޓީމުގެ ކީޕަރުންނަށް ލިބޭ ބޮޑު އިތުބާރެއް ކަމަށެވެ.
"ރާއްޖޭގެ ގައުމީ ޓީމުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކީ އިންމަ ކޯޗު (އިމްރާން) ގައުމީ ޓީމުގައި އެންމެ ޕްރެޝަރު މެޗުތައް ކުޅުނު ކީޕަރަކަށް އިންމަ ކޯޗް ވާނެ،" ފައިސަލް ބުންޏެވެ.
"ޕްރެޝަރު މެޗުތަކަށް ކީޕަރުން ތައްޔާރު ކުރާނެ ގޮތް އިންމަ ކޯޗަށް އެނގޭނެ. އޭނާގެ އެކްސްޕީރިއަންސް މިތިބަ ގޯލްކީޕަރުންނަށް މުހިންމު ވާނެ."
ގައުމީ ޓީމުން މިހާރު ދަނީ ގަތަރުގައި ޓްރޭނިން ހަދަމުންނެވެ. ޓީމު އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ސާފް ޗެމްޕިއަންޝިޕު 2018 ގައި ފައިސަލް ބޯޅަ ހިފަނީ --- ފައިލް ފޮޓޯ: މިހާރު
އޮކްޓޯބަރު 1: ރާއްޖެ - ނޭޕާލް
އޮކްޓޯބަރު 7: ރާއްޖެ - ބަންގްލަދޭޝް
އޮކްޓޯބަރު 10: ރާއްޖެ - ސްރީ ލަންކާ
އޮކްޓޯބަރު 13: ރާއްޖެ- އިންޑިއާ
ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.
އިންޑިއާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު:ފައިސަލް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ފައިސަލް އޮޕަރޭޝަން ކޮށްފި، ކުޅެވޭނީ ނުވަމަހަށްފަހު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް