Roadha Mihaaru
އިމާރާތެއްގެ ދެވަނަ ބުރިން މީހަކު ވެއްޓި އަނިޔާވެއްޖެ

ހުޅުމާލޭގައި އިމާރާތެއްގެ ދެ ވަނަ ބުރިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

13 ނޮވެމްބަރ 2019

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓި ބިދޭސީ އަކަށް މިއަދު އަނިޔާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓި ބިދޭސީ އަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ވެންޒަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދާ އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓި، އެމީހާގެ ކަނާތް ފަރާތު ކޮނޑުމަތީގެ ކަށިތަކާއި މޭމަތީގެ ގިނަ ކަށިތަކެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެމީހާ އަށް ފަރުވާދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ ހަވީރު 5:30 ހާއިރު އެމީހާ ވެއްޓިފައި ވަނީ އިމާރާތުގެ ސޭފްޓީ ނެޓް އުސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސޭފްޓީ ބެލްޓް ނާޅައި ހުރުމުގެ ސަބަބުން ކަމަށެވެ.

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވަރަށް ފަހުން ވެއްޓި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އަދި ދޭތެރެ ދޭތެރެއިން އެފަދަ ހާދިސާތައް ހިނގަ އެވެ.

އިމާރާތްކުރުމުގައި ހަރަކާތްތެރިވާ މީހުން ސޭފްޓީއަށް ނުބަލައި މަސައްކަތް ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ބިދޭސީން ލަށްވައި މަސައްކަތްތައް ކުރުވަނީ އެ މީހުންނަށް ސަލާމަތީ އާލާތްތައް ނުދީ އެވެ.