Roadha Mihaaru
ލިފްޓު ކޭބަލް ކަނޑައިގެން ގޮސް މީހަކަށް އަނިޔާވެއްޖެ

އިމާރާތެއްގެ ލިފްޓު ކޭބަލް ކަނޑައިގެން ގޮސް މީހަކަށް އަނިޔާވެއްޖެ

06 ޖުލައި 2019

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ލިފްޓު ކޭބަލް ކަނޑައިގެން ގޮސް ބިދޭސީއަކަށް މިއަދު އަނިޔާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ލިފްޓު ކޭބަލް ކަނޑައިގެން ގޮސް ބިދޭސީއަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕާކުގެ ދެކުނު ފަރާތުގައި ޖާހް އިންވެސްޓްމަންޓުން ހަދާ އިމާރާތުގެ ހަތް ވަނަ ފަންގިފިލާ އިން ލިފްޓުން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓުގެ ކޭބަލް ކަނޑައިގެން ބިދޭސީ ފިރިހެނަކު ވެއްޓި އަނިޔާވެފައިވާ ކަމަށެވެ.

މިއަދު ހެނދުނު ނުވައެއް ޖަހާ ކަން ހާއިރު، ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު ބިދޭސީ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ހާދިސާގައި އަނިޔާވެގެން ގެންދިޔަ އުމުރުން 23 އަހަރުގެ މީހާގެ ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މީހާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.