12 ނޮވެމްބަރ 2019
ހުސްވެފައިވާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗުގެ މަގާމަށް މި ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓްރީ ބެންޗުން ފެނުނު ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.
ހުސްވެފައިވާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗުގެ މަގާމަށް މި ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓްރީ ބެންޗުން ފެނުނު ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗުގެ މަގާމު ހުސްވީ އެ ޒިންމާ އަދާކުރަމުން އައި ކޯޗު މުހައްމަދު ނަޒީހު މަގާމުން ވަކިވުމުންނެވެ. ނަޒީހު މަގާމުން ދުރުވީ އެންމެ ފަހުން ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފަހު އެވެ. އެ މެޗުގައި ވިކްޓްރީ ޓީމު ހަމަނުވުމުގެ ސަބަބުން ޔުނައިޓެޑް ވިކްޓްރީ އަށް މެޗު ލިބުނީ އެވެ.
ޒުވާން ކުޅުންތެރިންތަކަކާ އެކު ވިކްޓްރީ ޓީމު ގޮވައިގެން މި ސީޒަނާ އުނދަގޫ ހާލަތެއްގައި އޮވެ ކުރިމަތިލައި މުހައްމަދު ވަނީ ނިސްބަތުން ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެންމެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވި މެނޭޖްމަންޓުގެ ވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބި ގިނަ ދުވަހު މުހައްމަދު ވަނީ ވިކްޓްރީގެ މަސައްކަތްތައް ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ވިކްޓްރީގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނީ ހާލަތު ގޯސްވެ ދެން އިތުރަށް ކުރިއަށްދެވޭނެ އެއްވެސް މަގެއް ފެންނަން ނެތުމުންނެވެ. މުހައްމަދު ވަކިވި ފަހުން އެންމެ ފަހުން ވިކްޓްރީ ކުޅުނު ތިން މެޗަށް ވެސް ޓީމު ހަމަނުވެ އެވެ.
ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅެފައިވާ މުހައްމަދު ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގައި އަދި އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރައިފަ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައި ވެސް މީގެ ކުރިން މަސައްކަތްކޮށްފައިވާ މުހައްމަދު ވަނީ ވޮލީބޯލް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ޑިފެންޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރުގައި ހޭދަކުރި މުހައްމަދުގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑު އުސްއައްޔަކީ ސްރީ ލަންކާގެ ޓީމުތަކުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. އެ ގޮތުން އޭނާ ވަނީ ސްރީލަންކާގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ޖާވާ ލޭން ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ.
ޔުނައިޓެޑް ވިކްޓްރީ ލީގުގެ ހަތް ވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާ އެކު އެވެ. ވޯލްޑް ކަޕް ކޮލިފައިން އާއި ސައުތު އޭޝިއަން ގޭމްސް އަށް ލީގު މެދުކަނޑާލާފައިވާއިރު، އަލުން ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ބްރޭކަށް ފަހު ޔުނައިޓެޑް ވިކްޓްރީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ ށ. ފޯކައިދޫއާ އެވެ.
ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް
ޔުނައިޓެޑް ވިކްޓްރީން ޓީސީ ބަލިކޮށްފި
ޔޫވީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ
އީގަލްސް ދެ ވަނަ އަށް އަރައިފި
ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން
ގްރީންސްޓްރީޓްސް އަލުން ދެ ވަނަ އަށް
ފޯކައިދޫ އާއި ޔޫވީ އެއްވަރު
ޔޫވީ އަށް ބޮޑު ޒިންމާއެއް އެބައޮތް: މުހައްމަދު އާދަމް
ވިކްޓްރީ ޓީމު ހަމަނުވި، މެޗު އަނެއްކާ ވެސް ކެންސަލް!
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު މަގާމުން ވަކިވަނީ