19 އޮކްޓޯބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު މަގާމުން އިސްތިއުފާދޭން ނިންމާފައިވާއިރު، އޭނާ އެދެނީ މާދަމާ މެޗުގައި އިދިކޮޅަށް ކުޅެން އޮތް ވިކްޓްރީ މެޗަށް ޓީމު ހަމަވުމެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު މަގާމުން އިސްތިއުފާދޭން ނިންމާފައިވާއިރު، އޭނާ އެދެނީ މާދަމާ މެޗުގައި އިދިކޮޅަށް ކުޅެން އޮތް ވިކްޓްރީ މެޗަށް ޓީމު ހަމަވުމެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ ވިކްޓްރީ މެޗަކީ އޭނާ ޔުނައިޓެޑް ވިކްޓްރީގައި މި ސީޒަނުގައި ފެންނާނެ ފަހު މެޗު ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ ވިކްޓްރީ ޓީމު ހަމަވެއްޖިއްޔާ. ފަހަރުގައި މިއަދު ޕްރެސްގައި އެ ހަބަރު ނުދިން ކަމުގައި ވިޔަސް ވިކްޓްރީ މެޗަކީ ފަހަރެއްފައި ވެދާނެ އަޅުގަނޑުގެ ފަހު މެޗުކަމަށް މި ސީޒަނުގެ. އެހެންވީމަ އެ ހުރިހާ ގޮތަކަށް ވެސް ވިސްނާއިރު އަޅުގަނޑު ވެސް ބޭނުންވާނެ މެޗެއް ކުޅެލާފައި ނިންމާލާފައި ކަންތައްތަކެއް ނިންމާލަން. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ވިކްޓްރީ އައުން މި މެޗަށް. ވިކްޓްރީ އަކީ މި ވަގުތު އެންމެ ޓޮޕް ޓީމެއް ނޫން ވިޔަސް އެ ޓީމާ އެކު ކުޅެލުން އެއީ ހިތްހަމަ ޖެހުމެއް،" ވިކްޓްރީން ވިދާލި ނަޒީހު ބުންޏެވެ.
މަގާމުން ވަކިވުމުގެ ހުރިހާ ކަމެއް ނިމޭނީ ވިކްޓްރީ މެޗަށް ފަހު ކަމަށާއި ޓީމާ ދުރަން ދާން ޖެހޭ ސަބަބު ލީގުގެ ޓޭބަލުން ފެންނަން އެބައޮތް ކަމަށް ނަޒީހު ބުންޏެވެ.
"ދިހަ މެޗުން އަށް ޕޮއިންޓް ވީމަ އަޅުގަނޑަށް ހީވަނީ ސަބަބު ވަރަށް ސާފުހެން. އެއީ އެއް ރީޒަން. ދެން ކްލަބްގެ ވެސް އެބަހުރި ކްލަބްގައި ވެސް އަޅުގަނޑު ދިޔަސް ކަންތައްތަކެއް ރަނގަޅުކުރަން. އެ ކަންތައްތައް ރަނގަޅު ކޮށްގެން ނޫނިއްޔާ އިތުރަށް ކުރިއަށްދާން ފުރުސަތެއް ނެތް،" ނަޒީހު ބުންޏެވެ.
ކުރީގެ މަޝްހޫރު މިޑްފީލްޑަރު ނަޒީހު ބުނީ ޔުނައިޓެޑް ވިކްޓްރީން ވަކިވުމަކީ އޭނާ ޒިންމާ އިން ރެކެނީ އެއް ނޫން ކަމަށާއި ހަގީގަތުގައި އެ ނިންމުމާ އެކު ޒިންމާ ނެގުނީ ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ނިންމުމެއް ނިންމާ ކަމަަށްވާނަމަ އަދި ކްލަބް ދޫކޮށްލަން ބޭނުންނުވާ ކަމަށް ބުންޏެވެ.
"ކްލަބް ތަކަކީ އޭގެ ބޯޑަކާއި ޒާތުގައި ބައިވަރު ކަންތައްތަކެއް ހިނގާ ކަމެއް. ބޯޑު ތެރޭގައި އެކަމާ ޑިސްކަސް ކުރެވިގެން އެހެން މީހަކާ ޓީމު ހަވާލުކުރަން. ހުރިހާ ނޫސްވެރިންނާއި ބެލުންތެރިންނަށް ވެސް އެނގޭނެ ބަލިވި މެޗުތަކުގައި ބަލިވެފައި ހުރި ގޮތާއި މޮޅުވި ދެ މެޗުގައި އެކަން ކުރެވިފައި ހުރި ގޮތް. މީގެ އެންމެ މުހިއްމު ކަމަކީ ކްލަބް ކުރިއަށް ދިއުން،" ނަޒީހު ބުންޏެވެ.
ނިސްބަތުން ރަނގަޅު ސްކޮޑަކާ އެކު ސީޒަނާ ކުރިމަތިލި ޔުނައިޓެޑް ވިކްޓްރީ މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު ކަމަށްވާ ޔުނައިޓެޑް ވިކްޓްރީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު 2017 ވަނަ އަހަރު އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އެއީ 2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އަލަށް ވާދަކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދިން އަހުމަދު އާތިފް (އާތީ) މަގާމުން ވަކިވުމުންނެވެ.
"މި ޓީމަށް ވީ 40 ވަރަކަށް އަހަރު ތެރޭ ތިން ތަށި ހޯދިއިރު ދެ ތަށި ނެގީ އަޅުގަނޑު ކޯޗަކަށް ހުރެގެން. މި ހިސާބަށް ފުރަތަމަ ޑިވިޝަނަށް ޓީމު ގެނެސްދިނީ ވެސް އަޅުގަނޑު. ދެން އަޅުގަނޑުގެ ހިއްސާއެއް ނެގޭނެ އެއްވެސް ގޮތެއް ނާންނާނެ. ވިކްޓްރީއާ އެއްވަރަށް ނޫން ވިޔަސް ޔުނައިޓެޑް ވިކްޓްރީ އަށް ވެސް އަޅުގަނޑު ހިތުގައި ހާއްސަ އެއްޗެއް އޮންނާނެ،" ކުރިން ޔުނައިޓެޑް ވިކްޓްރީގެ ބޯޑުގެ މަގާމެއް ވެސް ފުރި ނަޒީހު ބުންޏެވެ.
މިދިޔަ އަހަރު ރެލިގޭޝަނުގައި ކުޅެ ޔުނައިޓެޑް ވިކްޓަރީ އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްދިނުމަށް ފަހު ފަހުން ނަޒީހު ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅު ވިކްޓަރީގައި މަސައްކަތްކޮށްފަ އެވެ. މި ސީޒަނުގައި މިހާތަނަަށް މާލީ ގޮތުން މައްސަލަތަކެއް ދިމާވެ ވިކްޓްރީ ދެ މެޗަކަށް ޓީމު ހަމަނުކުރެވިގެން ހާޒިރުނުވެދިޔައިރު، މިއީ މިދިޔަ ދެ އަހަރު ތެރޭ މި ގޮތަށް ދިމާވި ހަތަރު ވަނަ ފަހަރެވެ. މާދަމާ މެޗަށް ތައްޔާރުވާއިރު ވެސް ވިކްޓްރީގެ އޮތީ އެ ފަދަ ހާލަތެކެވެ.
ނަޒީހު ބުނީ ވިކްޓްރީން އޭނާ އަށް ފެންނަނީ މެނޭޖްމަންޓުން ތަންކޮޅެއް ދޯދިޔާކޮށް ކަންތައްތައް ގެންދާތަން ކަމަށެވެ.
"ނާގާބިލަށް ވުރެން ވެސް ބޮޑަށް އަޅާލުންކުޑައޭ ބުނެވޭނީ. އެހެން ކަންނޭނގެ ކްލަބް ދިޔައީ. މުޅި ވިކްޓްރީ ސްކޮޑު އެއް ކޮށްލީމަ ނާރާ 1.5 މިލިއަން ރުފިޔާ. މި ދައްކަނީ ވިކްޓްރީ މެނޭޖްމަންޓަށް އަޅުގަނޑު ގަބޫލުކުރާގޮތުގައި ހޯދޭނެ އެއްޗެއްގެ ވާހަކަ. އެ ވަރުގެ ކަމެއް ނުކުރެވޭ،" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ މިހާރު އޮތް ހާލަތަށް ވިކްޓްރީ ދިއުމުގައި މިދިޔަ ސީޒަނުގެ ދަރަނިތައް ދެއްކުން ވެސް އެއީ އެއް ސަަބަބު ކަމަށާއި އެކަމަކު އެކަން އެހެން ކަމުގައި ވިޔަސް ޓީމު މެޗުތަކަށް ހާޒިރުނުވެދާ ފަދަ ހާލަތަށް ދިއުމަކީ އަޅާލުން ކުޑަވުމުން ވާ ކަމެއް ކަމަށެވެ.
"ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ވެސް ރަނގަޅަށް މަސައްކަތްކޮށް ނަތީޖާތަކެއް ނެރުން އެއީ އެންމެ އެދޭ ގޮތަކީ،" ނަޒީހު ބުންޏެވެ.
ވިކްޓްރީން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވާތީ އެ ޓީމުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ނުލިބެ އެވެ. ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 3:50 ގަ އެވެ.
ދެ ވަނަ ބުރުގައި ބަދަލުތަކެއް ފެންނާނެ: ނަޒީހު
ޔޫވީން ކުޅުންތެރިން ގެނައީ ހިސާބު ޖެހި ގޮތަށް: ނަޒީހު
ބްރޭކަކަށް ފަހު ބްރޭކެއް، ކޯޗުންގެ ކަންބޮޑުވުންތަކެއް!
ތައުރީފުކުރާނަމަ ފާޑުވެސް ކިޔެންޖެހޭނެ: ނަޒީހު
ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް
ޔުނައިޓެޑް ވިކްޓްރީން ޓީސީ ބަލިކޮށްފި
ޔޫވީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ
އީގަލްސް ދެ ވަނަ އަށް އަރައިފި
ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން
ގްރީންސްޓްރީޓްސް އަލުން ދެ ވަނަ އަށް