11 ނޮވެމްބަރ 2019
ޓިއުރިން (ނޮވެމްބަރު 11) – އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 1-0 އިން ޔުވެންޓަސް މޮޅުވެ ތާވަލުގެ އެއް ވަނަ އަށް އަލުން އެރި މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭލުމުން އޭނާ މެޗު ނުމެނީސް ސްޓޭޑިއަމުން ނުކުމެގެން ގެޔަށް ދިޔައީ ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.
ޓިއުރިން (ނޮވެމްބަރު 11) – އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 1-0 އިން ޔުވެންޓަސް މޮޅުވެ ތާވަލުގެ އެއް ވަނަ އަށް އަލުން އެރި މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭލުމުން އޭނާ މެޗު ނުމެނީސް ސްޓޭޑިއަމުން ނުކުމެގެން ގެޔަށް ދިޔައީ ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.
ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ލޮކޮމޯޓިވް މޮސްކޯ އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ބަދަލުކޮށްފަ އެވެ. ރޭގެ މެޗުން ޔުވެންޓަސް މޮޅުކޮށްދިނީ 55 ވަނަ މިނެޓުގައި ރޮނާލްޑޯ ބޭލުމަށް ފަހު އެރުވި ޕައޮލޯ ޑީބަލާ އެވެ.
ރޮނާލްޑޯ ބޭލުމާ އެކު އޭނާ ބެންޗަށް ދިއުމުގެ ބަދަލުގައި ހިތްހަމަނުޖެހިފައި ހުރެ ދިޔައީ ސީދާ ޗޭންޖިން ރޫމަށެވެ. އަދި ދަމުން ޕޯޗުގީސް ބަހުން، ކޯޗު ސާރީއާ ދިމާލަށް އެއްޗެކޭ ވެސް ބުންޏެވެ. ސްކައި އިން ރިޕޯޓްކުރި ގޮތުގައި މެޗު ނިމުމުގެ ތިން މިނެޓު ކުރިން ރޮނާލްޑޯ ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ. ކުރީ މެޗުގައި ވެސް ބަދަލުކުރުމުން ހުރީ ހިތްހަމަޖެހިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުގައި ސުވާލުކުރުމުން ސާރީ ބުނީ ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ދިޔަކަމެއް އޭނާ އަށް ނޭގޭ ކަމަށައީ އެއީ ތެދަކަށް ވަންޏާ އެކަމަކީ އެހެން ކުޅުންތެރިންނާ ވާހަކަދައްކައިގެން ރޮނާލްޑޯ ހައްލުކުރަން ޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ އެގޮތަށް ދިއުމުން އެ ކުޑަކޮށްލެވެނީ އެހެން ކުޅުންތެރިންނަށް ކުރާ އިހުތިރާމް ކަމަށްވުމެވެ.
ސާރީ ބުނީ ރޮނާލްޑޯއާ އޭނާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ސަތޭކަ ޕަސެންޓް ފިޓް ނުވަނީސް ވެސް މެޗު ކުޅެން ރޮނާލްޑޯ ތައްޔާރުވި ކަމަށްޓަކައި އޭނާ އަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށެވެ. އޭނާ ރޭގެ މެޗުގައި ބަދަލުކުރުމުގެ ކުރިން ކަކުލުގައި އަތް އަޅައިގެން، އަނިޔާއެއް އުޅޭ ކަމުގެ އިޝާރާތެއް ކުރި ކަމަށް ވީޑިއޯ ރީޕްލޭ ތަކުން ފެނެ އެވެ.
"މުހިއްމު ކަމަކީ މެޗު ކުޅެން އޭނާ ތައްޔާރަށް ހުރިކަން. މެޗުން ފައިބަން ޖެހުމުން ކުޅުންތެރިޔާ ހިތްހަމަނުޖެހުމަކީ އާދައިގެ ކަމެއް، ހާއްސަކޮށް ދަނޑުމަތީގައި ހުންނަން އެވަރަށް މަސައްކަތްކޮށްފައިވަނިކޮށް އެހެންވެއްޖެ ނަމަ،" ސާރީ ބުންޏެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިލާނުން ވަރަށް ގިނައިން ޔުވެންޓަސް އަށް ނުރައްކާކުރި އެވެ. އެކަމަކު ޑީބަލާ އަރައި 77 ވަނަ މިނެޓުގައި ޖެހި ގޯލުން މެޗު އެނބުރުނީ އެވެ.
މި މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ 31 ޕޮއިންޓް ހަމަކޮށްފައިވާ އިންޓަ މިލާނެވެ. ރޭގެ މެޗުން ބަލިވި އޭސީ މިލާން އޮތީ 13 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. ކޯޗު މާކޯ ޖިއަމްޕޯލޯ ވަކިކޮށް ސްޓެފާނޯ ޕިއޮލީ ގެނެސް މިލާނުން ކުޅުން ރަނގަޅު ކުރި ނަމަވެސް އަދިވެސް ނަތީޖާ ނެރުމުގައި ކާމިޔާބެއް ނުހޯދެ އެވެ.
އެނބުރި އައިސް ރޮނާލްޑޯ ޔުވެންޓަަސް މޮޅުކޮށްދީފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޔުވެންޓަސް ބަލިިވިއިރު، މިލާން މުހިއްމު މޮޅެއް ހޯދައިފި
އިންޓަ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް
ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ
ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުވެންޓަސް ތިން ވަނަ އަށް