ކަންކަމުގައި ނަސްރު ލިބޭނީ ހިކުމަތްތެރިކަމާ އެކު ދުލާއި ގަލަމުން ފާޅުކުރާ ހިޔާލުތަކުން ކަމަށާއި އެއީ ކަނޑި އާއި ބަޑީގެ ގޮށްމުށުގެ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
03 ނޮވެމްބަރ 2019
ކަންކަމުގައި ނަސްރު ލިބޭނީ ހިކުމަތްތެރިކަމާ އެކު ދުލާއި ގަލަމުން ފާޅުކުރާ ހިޔާލުތަކުން ކަމަށާއި އެއީ ކަނޑި އާއި ބަޑީގެ ގޮށްމުށުގެ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ސްކޫލްތަކުގެ މެދުގައި ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަސް ވެސް ގުޅުވެން އޮތީ ހިޔާލުފާޅުކުރުންތަކާ އެވެ. އަދި އެފަދަ ދުވަސްތައް ތަޖުރިބާކުރަން ޖެހެނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދުވުމުން ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/NuBB1wJbkj
— MDP Secretariat (@MDPSecretariat) November 3, 2019
"އަޅުގަނޑު ދެކޭ ގޮތުގައި ނަސްރު ހޯދޭނީ ބަހުން، ކަނޑިއަކުން ނޫން، ނަސްރު ލިބެން އޮތީ ދުލުން، ގޮށްމުށަކުންއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ތިޔަ ދަރިވަރުންނަށް ވެސް ބުނެލަން އޮތީ ގިނަގިނައިން މައުލޫމާތު ހޯދައިގެން ލިޔާށޭ. ގިނަގިނައިން ލިޔާށޭ."
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/nibTjS1Yuo
— MDP Secretariat (@MDPSecretariat) November 3, 2019
ލިޔުންތެރިކަމާއި ކިޔުންތެރި ކަމަށް ދަރިވަރުންނަށް ހިތްވަރު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެއީ ލޯބިން ޝައުގުވެރިކަމާ އެކު ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ މަސައްކަތާއި ލިޔުންތެރިކަމަކީ އެ އެމަނިކުފާނު ވެސް ލޯތްބާ އެކު ކުރައްވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/ylsVDuCH9c
— MDP Secretariat (@MDPSecretariat) November 3, 2019
"ލިޔުންތެރިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެއީ، ލިޔުންތެރިޔާ ހިތުން ލިޔަނީ އެ ލިޔުންތެރިޔާއަށް ދިމާވެފައި ކަންކަން. ނަމަވެސް ބައެއް ކިޔުންތެރިން ނަގަނީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑު ވެސް ހިތުން ލިޔުނީ ކަމެއް މީހަކަށް އޮޅުންފިލުވައި ދޭން،" ނޫސްވެރިކަން ކުރެއްވި ދުވަސްވަރުގެ ތަޖުރިބާތަކާ ގުޅުވައި ނަޝީދު ވިދާޅުވި އެވެ. "ނޫނީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއް، އެކަމު ކޮންމެ ފަހަރަކު ލިޔާއިރަށް ގައުމާ ނުރައްކާ ހުރި ވާހަކަ ލިޔުނޭ ބުނެފައި ހިފައި ގެންގޮސް ހައްޔަރު ކުރީ."
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/Sh7eMIGTvV
— MDP Secretariat (@MDPSecretariat) November 3, 2019
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގައުމެއް ބިނާ ކުރުމުގައި ލިޔުންތެރީންނަކީ ވަރަށް މުހިއްމު ދައުރު އަދާކުރާ ބައެކެވެ. އަދި ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގައިލުމުން ވެސް ލިޔުންތެރިން ގެނެސްދީފައިވާ ބަދަލުތައް ފާހަގަކުރެވޭ ކަމަށާއި ލިޔުންތެރިން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ލިޔުންތެރިންނަށް ދިމާވެފައިވާ ދަތިތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަޝީދު އައްޑު އަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު، މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފަ އެވެ. މި ދަތުރުގެ ތެރޭގައި އެ މަނިކުފާނުގެ އައްޑޫގެ އަވަށްތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައިވެ އެވެ.
އެމްޑީޕީން ކެމްޕެއިން ކޮށްދެނީ މުއިއްޒަށް: އަދުރޭ
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް
ނަޝީދުގެ ރައްދު ރައީސްގެ ފެކްޝަނަށާއި ނިޒާރަށް!
"މި ދަނީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް އުފަލުން"
ވާދަވެރިން ފައިސާ ބަހާނެ، ހިފާތި: ނަޝީދު
ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވުން ބޭއަދަބީ!
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
އަޅުގަނޑުގެ ރަނިން މޭޓަކީ އައްޑޫ ބޭފުޅެއް: ނަޝީދު
"ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް"
ތާއީދު ލިބޭނީ އައްޑުއަށް އިސްކަންދީގެން: ނަޝީދު