Roadha Mihaaru
އިރާނުގެ ބޯޓުން މަސްތުވާތަކެތި ފެނިއްޖެ

އޮޔާދިޔަ، އިރާނުގެ ބޯޓުން މަސްތުވާތަކެތި ފެނިއްޖެ

03 ނޮވެމްބަރ 2019

އދ. މަންދޫގެ ބޭރުން އޮޔާ ދަނިކޮށް، ދިވެހި ސިފައިން މިއަދު އެހީވެދިން އިރާނުގެ މަސްބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އދ. މަންދޫގެ ބޭރުން އޮޔާ ދަނިކޮށް، ދިވެހި ސިފައިން މިއަދު އެހީވެދިން އިރާނުގެ މަސްބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ބޯޓު އޮޔާދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:30 ކަންހާ އިރެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު، އެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ ބޯޓުން ފެނުނީ ކިހާ މަސްތުވާތަކެއްޗެއް ކަމެއް އެ ތަނަކުން އަދި ނުބުނެ އެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓެއް

ރާއްޖެ ސަރަހައްދުގައި އެ ބޯޓު އޮޔާ ދާން ފެށީ އޭގެ އިންޖީނު ހުއްޓުމުން ކަމަށް ފުލުހުން ކުރިން ބުންޏެވެ. އަދި އެ ބޯޓުގައި އިރާނުގެ ހަތް ފިރިހެނުން ތިބި ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ސިފައިން އަންނަނީ އިތުރަށް ބަލަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ފެނުނު އީރާން ބޯޓެއްގައި 70 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިދިޔަ މަހު އާންމު ކުރި އެވެ.