02 ނޮވެމްބަރ 2019
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
އާ ދައުރަކަށް އެމްޑީޕީގެ ރައީސަކަށް ކުރިމަތިލައްވާފައިވާ ނަޝީދު އައްޑު އަށް ވަޑައިގަތުމުން، ހިތަދޫ ބަނދަރުން މަރުހަބާ ދެންނެވީ ކައުންސިލަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ.
ނަޝީދާ އެކު އައްޑު އަށް ވަޑައިގަތް ޓީމުގައި، އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެ ޕާޓީގެ އަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ރައީސް،ރައީސް މުޙައްމަދު ނަޝީދަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފި pic.twitter.com/AIa2c5we4u
— MDP Secretariat (@MDPSecretariat) November 2, 2019
ނަޝީދުގެ ދަތުރުގައި، އައްޑޫގެ އެކި އަވަށްތަކަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މާދަމާ ހުޅުމީދު އަށް ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ ރައީސް،ރައީސް މުޙައްމަދު ނަޝީދަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފި pic.twitter.com/0eJIIt8pkO
— MDP Secretariat (@MDPSecretariat) November 2, 2019
މިއަދު ހަވީރު ހިތަދޫގައި ބާއްވާ ރޯވިންގެ އިވެންޓެއްގެ ނިމުން ވެސް ނަޝީދު ޝަރަފުވެރިކޮށްދެއްވަން ހަމަޖެހިފައިވެ އެވެ.
އެމްޑީޕީގެ ރައީސް،ރައީސް މުޙައްމަދު ނަޝީދަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފި pic.twitter.com/Kf6JG4MmLP
— MDP Secretariat (@MDPSecretariat) November 2, 2019
ނަޝީދު އެންމެ ދެކުނުގެ އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަފާވައި މި ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ގދ. ވިލިގިނލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" އާ ދިމާކޮށެވެ. މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އިއްޔެ ފުވައްމުލަކަށް ވެސް ވަޑައިގަތެވެ.
ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވުން ބޭއަދަބީ!
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އަލީ ނިޒާރު: އަބަދުވެސް ރައްޔިތުންނާ ކައިރީގައި
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫގައި ފައިސާ ހިފެހެއްޓެން ޖެހޭ: ނަޝީދު
ގަން އެއާޕޯޓު ވާންޖެހޭނީ އައްޑޫގެ މިލްކަކަށް: ނަޝީދު
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ނަޝީދުގެ އައްޑޫ އޮފީހުން ކުރާނީ ތިމާވެށީގެ މަސައްކަތް
"ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ"