މާލޭގެ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް މިސްކިތެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށް އެ ތިޖޫރީ ހޯދައި، ވައްކަންކުރި މީހާ އަތުލައިގެންފި އެވެ.
01 ނޮވެމްބަރ 2019
މާލޭގެ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް މިސްކިތެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށް އެ ތިޖޫރީ ހޯދައި، ވައްކަންކުރި މީހާ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ރޭ މާފަންނުގައި ހުރި ގެއަކުން ވައްކަން ކުރަން އުޅުނު 19 އަހަރުގެ މީހަކު ހިފަހައްޓައި، ފުލުހުންނަށް އެކަން އެންގުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ސަރަހައްދު ފާސް ކުރިއިރު އެ ގެއިން ވަގަށް ނެގި ތިޖޫރީ ފެނުނީ ފޮރުވުމަށްޓަކައި އެ ސަރަހައްދުގައި ހުރި މިސްކިތެއްގެ ފާޚާނާ ތެރޭގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ. ތިޖޫރީގެ އިތުރުން ވަކި ލާރި ފުޅިއަކާއި ކަށިގަނޑާއި މަރު ތެޔޮ ފަދަ ވައްކަން ކުރަން ބޭނުންކުރާ ސާމާނު ވެސް މިސްކިތުގެ ފާޚާނާގައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ވައްކަން ކުރަން އުޅުނު ގޭގެ ފުރާޅުމަތިން ވެސް ބައެއް ސާމާނު ފެނުނެވެ. އެގޮތުން ކަރަންޓު ކީހަކާއި ވަކި ލާރި ފުޅިއެއް ފުރާޅު މަތިން ފެނުނުއިރު، ވައްކަން ކުރަން އުޅުނު މީހާ އަތުން ކުޑަ ވަޅިއަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރީ ފެނުނުއިރު އެއިން އެއްވެސް އެއްޗެއް މަދު ނުވާ ކަމަށާއި އެހެންވެ، އެ ތިޖޫރީ މިހާރު އެ ގޭގެ ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވައްކަންކުރި ގޭގެ މީހުން އެ މީހާ ހިފަހައްޓަން އުޅުމުން އެ މީހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެ ގޭގެ ފާރުމަތީގައި ހަރު ކޮށްފައި ހުރި ބިއްލޫރި ފުޅިތޮށީގައި ޖެހި އޭނާގެ އަތް ކަނޑައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ސީރިއަސް އަނިޔާއެއް އޭނާއަކަށް ނުލިބެ އެވެ.
ޕޮލިސް އިންޓެލިޖެންްސުން ކަމަށް ބުނެ ތަނަކުން ފޭރިއްޖެ
ވައްކަން އެންމެ ގިނަވީ މި އަހަރު
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!
ދަބަސް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލޭގައި ދެ ފިހާރައެއް ފަޅާލައިފި
ސީރިއަސް ކުށްތައް މަދު، ކުދި ކުށްތައް އިތުރު: ޕޮލިސް
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!