31 އޮކްޓޯބަރ 2019
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް އިތުރުކޮށް، މުޅި ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް އިތުރުކޮށް، މުޅި ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވައި، އިއުލާން ކުރަން ޖެހޭނެ އެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ވެސް އެ ގާނޫނުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކުރިން ރައީސް ކަނޑައެޅުއްވީ 17 ޖަމާއަތެކެވެ.
ސަރުކާރުގެ ހުއްދަ ނެތި ދިވެހިން ދިއުން މަނާކުރާ ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ސީިރިއާގެ ދާޚިލީ ހަނގުރާމާގައި ދިވެހިންގެ އެތައް ބަޔަކު ބައިވެރިވެ އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެފަ އެވެ.
މިއީ ހަނގުރާމަވެރި ސަރަހައްދު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އަލަށް އިތުރު ކޮށްފައިވަނީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ.
ޓެރަރިޒަމްގެ ގާނޫނު ކުރިން އޮތީ ހަނގުރާމައަށް ދިއުމާއި ބައިވެރިވުން ކުށަކަށް ވާ ގޮތަށެވެ. އެކަމަކު ފަހުން ގާނޫނަށް ގެނައި އިސްލާހު ހިމަނާފައިވަނީ ހަނގުރާމައަށް ދިއުމާއި ބައިވެރިވުމުގެ އިތުރުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފި ނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ގޮތަށެވެ.
ހަނގުރާމަޔަށް ދިޔަ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ލިސްޓަށް ބަދަލެއް ނެތް،ސީރިއާއަށް ދިއުން އަދިވެސް މަނާ
ޓެރަރިސްޓް ލިސްޓަށް ބަދަލެއް ނެތް، ސީރިއާއަށް ނުދެވޭނެ
ނަޝީދުގެ ހުށަހެޅުމަށް ޝަރީފްގެ ހޫނު ރައްދުތަކެއް
ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް
ހަމަލައަށް ހޭދަކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު
ރައީސްގެ މަންދޫބު އައްބާސް ރާއްޖެ ވަޑައިގެންފި
އިންކުއަރީއަށް ސަރުކާރުގެ ހުރަހެއް ނެތް: އަސްލަމް
"މިއީ ތިން މީހުންނާ ހިސާބުން ނިމޭނެ ހަމަލައެއް ނޫން"