02 ނޮވެމްބަރ 2019
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރު ގެނެސްދޭން ނިންމާފައިވާ މިއުޒިކަލް ސާގާ "ބައިޖޫ ބަވްރާ" ގެ ލީޑް ރޯލް ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްރާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރު ގެނެސްދޭން ނިންމާފައިވާ މިއުޒިކަލް ސާގާ "ބައިޖޫ ބަވްރާ" ގެ ލީޑް ރޯލް ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްރާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ލީޑް ތަރިންނަކީ ޕްރިޔަންކާ އާއި އަޖޭ ދޭވްގަން އެވެ. ނަމަވެސް "ބައިޖޫ ބަވްރާ" ގެ ކުރިން އަންނަ އަހަރު ބަންސާލީ ގެނެސްދޭ "ގަންގްބާއީ" ގެ ރޯލަކަށް އަޖޭ ސޮއިކޮށްފައިވާތީ، ރަންވީރަށް ފިލްމު ދިނީ ކަމަށްވެ އެވެ.
ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ. މިދިޔަ އާދީއްތަ ދުވަހު ބަންސާލީ "ބައިޖޫ ބަވްރާ" އިއުލާންކުރި އިރު ބުނިހާ ވެސް އެއްޗަކީ އެ ފިލްމު ރިލީޒްކުރާނީ 2021 ގެ ދިވާލީގައި ކަމަށެވެ.
ރަންވީރާއި ޕްރިޔަންކާ މީގެ ކުރިން ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އެ ދެ ތަރިން އެކީގައި ފެނިގެން ދިޔައީ ރަންވީރާއި އަންހެނުން ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު "ރާމް-ލީލާ" އަށް ޕްރިޔަންކާ ކުޅުނު އައިޓަމް ލަވައަކުންނެވެ.
އޭގެ ފަހުން 2014 ގެ "ގުންޑޭ" އާއި 2015 ގެ "ދިލް ދަޅަކް ނޭ ދޯ" ގެ އިތުރުން ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" ގައި ވެސް ދެ ތަރިިން އެކީގައި މަސައްކަތްކޮށްފައިވެ އެވެ.
"ބައިޖޫ ބަވްރާ" ގައި ރަންބީރާއި ދީޕިކާ؟
ބަންސާލީގެ ހުށަހެޅުން އަޖޭ ގަބޫލެއްނުކުރި
ޕްރިޔަންކާއާ އެކު ބަންސާލީ އެކްޝަން ފިލްމެއް ހަދަނީ
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ނާކާމިޔާބީ އަކީ ކަންބޮޑުވާ ކަމެއް ނޫން: ރަންވީރު
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ބަންސާލީގެ "ބައިޖޫ ބަވްރާ" އާލިއާ ކުޅެދޭނީ ހިލޭ
ކައިވެނިހަފުލާތަކުން ވެސް ބޮލީވުޑްގެ ތަރިންނަށް އާމްދަނީ
އަމީތާބް "ޗެހެރޭ" ކުޅުނީ ހިލޭ
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު