Roadha Mihaaru
ބަންސާލީގެ "ބައިޖޫ ބަވްރާ" އާލިއާ ކުޅެދޭނީ ހިލޭ

ބަންސާލީގެ "ބައިޖޫ ބަވްރާ" އާލިއާ ކުޅެދޭނީ ހިލޭ

22 ނޮވެމްބަރ 2021

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ގެ ބަތަލާގެ ރޯލު ދޭން ނިންމާފައި މިހާރު އޮތީ އާލިއާ ބަޓަށް ކަމަށާއި އެ ފިލްމު ޒުވާން ބަތަލާ ކުޅެ ދޭނީ ހިލޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ގެ ބަތަލާގެ ރޯލު ދޭން ނިންމާފައި މިހާރު އޮތީ އާލިއާ ބަޓަށް ކަމަށާއި އެ ފިލްމު ޒުވާން ބަތަލާ ކުޅެ ދޭނީ ހިލޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާލިއާ އަކީ ބަންސާލީ އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ގެނެސްދޭ "ގަންގޫބާއީ ކަތިއަވާޅީ" ގެ ވެސް ބަތަލާ އެވެ. މީޑިއާތަކުން ބުނީ "ބައިޖޫ ބަވްރާ" ގެ ސްކްރިޕްޓް އާލިއާއާ ބަންސާލީ ހިއްސާ ކޮށްފައި އޮތަސް، ރަސްމީކޮށް އަދި ފިލްމުގެ ބަތަލާއަކަށް އޭނާ ނުނަގާ ކަމަށެވެ. އެކަމަކު ފުރުސަތު އެންމެ ބޮޑީ ވެސް އާލިއާއާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

"ބައިޖޫ ބަވްރާ" އަކީ ހަމަ އެ ނަމުގައި 1952 ގައި ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ އަަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. ކުރީގެ ފިލްމަކީ ވިޖޭ ބަޓް ޑައިރެކްޓްކޮށް، މީނާ ކުމާރީ އާއި ބާރަތު ބުޝަން ލީޑް ކުޅުނު އެއްޗެކެވެ. އޭގެ މުހިއްމު ރޯލެއް ބަތަލާ ކުލްދީޕް ކޯރް ވެސް ކުޅުނެވެ.

ބަންސާލީގެ ފިލްމުގެ ބަތަލަކަށް ނަގާފައި ވަނީ ރަންވީރު ސިންގް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އަދި އެކަން އަދި ކަށަވަރެއް ނުވެ އެވެ. އޭނާ އާއި އާލިއާ "ބައިޖޫ ބަވްރާ" އަށް ނަގައިފި ނަމަ ވާނީ އެކީގައި ކުޅޭ ތިން ވަނަ ފިލްމަށެވެ. ދެހާސް ނަވާރައިގެ "ގަލީ ބޯއި" އަށް ފަހު ދެ ތަރިން މިހާރު އަންނަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ.

ހަންގާމާ އިން ބުނީ "ބައިޖޫ ބަވްރާ" ގެ ބަތަލާގެ ރޯލު އާލިއާ އަށް ދިނުމުގެ ވިސްނުންތަކެއް ގެންގުޅޭ އިރު، މީނާ ކުމާރީގެ ރޯލު ކުޅެން މިހާރު ދީޕިކާ ޕަދްކޯން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ކުރިން ވެސް އޭނާ އަށް މި ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރާއި ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ތަރިންނެވެ. އެއީ 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަބީރް ޚާންގެ ކްރިކެޓް ފިލްމު "83" އަކީ ރަންވީރާއި ދީޕިކާ އެކީގައި ފެންނާނެ ފިލްމެކެވެ.