Roadha Mihaaru
ގަސްތަކުގެ ބުޑަށް އަޑީތެޔޮ އަޅާ ކަމުގެ ޝަކުވާކޮށްފި

ބޮޑުތަކުރުފާނު މަގުގައި ހުރި ގަސްތަކުގެ ބުޑަށް އަޑީ ތެޔޮ އަޅާ ކަމުގެ ޝަކުވާ!

30 އޮކްޓޯބަރ 2019

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ގަސްތަކުގެ ބުޑަށް އަޑީ ތެޔޮ އަޅަމުންދާތީ އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ގަސްތަކުގެ ބުޑަށް އަޑީ ތެޔޮ އަޅަމުންދާތީ އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ގޮވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރާއްޖެ ފެހި ކުރުމުގެ ބޮޑު ހަރަކާތެއް އެކި ކަންކޮޅުތަކުގައި ފެށި އެވެ. ސަރުކާރުން ފެށި އެ ޕްރޮގްރާމްގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ގަސް އިންދައި މާލެ ފެހި ކުރުމަށް އަމާޒު ހިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއް.

އެކަމަކު، އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ގަސްތައް މަރުވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ގަސްތައް ހެލުވުމާއި ގަސް ގަހުގައި ބަރު ތަކެތި ލައްގާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހާއްސަކޮށް، ލޯންޗުފަހަރުން ބަދަލު ކުރާ އަޑީ ތެޔޮ ގަސް ގަހުގެ ބުޑަށް އަޅަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ގަސްތައް ކައިރީގައި ކަޅު ތެޔޮ ފުޅިތަކާއި ހަންތައް ބަހައްޓާ އެ ތަކެތި ބިމަށް ފޭދިގެންދާ ގޮތަށް މަތި ނަގާފައި ހުންނަކަން ވެސް ފާހަގަ ކުރެވޭ،" މިނިސްޓްރީގެ ޓުވީޓެއްގައިވެ އެވެ.

އެހެންވެ، މިފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ރާއްޖޭގެ ފެހިކަން ދަމަހައްޓަން މަސައްކަތް ކުރަން އެންވަޔަރަމަންޓް މިނިސްޓްރީން އެދިފައިވެ އެވެ.