30 އޮކްޓޯބަރ 2019
އެކްޓަރު ޖޮނީ ޑެޕާ ނުލައި ހަދަން ނިންމާފައިވާ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ސީރީޒްގެ ފިލްމަށް ސްކްރީންޕްލޭ ލިޔަން ދެ ލިޔުންތެރިޔަކާ ޑިޒްނީން ހަވާލުކޮށްފި އެވެ.
އެކްޓަރު ޖޮނީ ޑެޕާ ނުލައި ހަދަން ނިންމާފައިވާ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ސީރީޒްގެ ފިލްމަށް ސްކްރީންޕްލޭ ލިޔަން ދެ ލިޔުންތެރިޔަކާ ޑިޒްނީން ހަވާލުކޮށްފި އެވެ.
ކުރިން މި މަސައްކަތް މިދިޔަ އަހަރު ހަވާލުކުރީ "ޑެޑްޕޫލް" ސްކްރީން ރައިޓަރުން ކަމަށްވާ ރިޓް ރީޒާއި ޕޯލް ވާނިކާއާ އެވެ. އެކަމަކު އެ ދެ މީހުން މި އަހަރުގެ ކުރީކޮޅު ޕްރޮޖެކްޓް ދޫކޮށްލުމުން ޑިޒްނީން މިހާރު ވަނީ ކުރިން ވެސް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ސްކްރީންޕްލޭގައި ހިއްސާވި ޓެޑް އެލިއަޓާއި ޓީވީ ސިލްސިލާ "ޝާނަބީލް" ގެ ލިޔުންތެރިޔާ ކްރެއިގް މޭޒިންއާ އާ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފަ އެވެ.
ދަ ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މިހާރު ރާވަމުން އަންނަ އިރު، ކުރީގެ ފިލްމުތަކަށް ވުރެ ޝައުގުވެރި ވާހަކައެއް ކިޔައިދޭން ލިޔުންތެރިން މަސައްކަތްކުރާނެ އެވެ.
މި ސީރީޒްގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ޖެރީ ބްރުކެއިމާ އެވެ. ނަމަވެސް ޑައިރެކްޓަރަކު ކުރާނެ މީހަކު އަދި ނުނިންމަ އެވެ. މީގެ ފުރަތަމަ ތިން ފިލްމު ޑައިރެކްޓްކުރީ ގޯރެ ބިޒްކީ އެވެ. ހަތަރު ވަނަ ބައި ރޮބް މާޝަލް ޑައިރެކްޓްކުރި އިރު، ފަސް ވަނަ ފިލްމު ޑައިރެކްޓްކުރީ ޖޯޗިމް ރޮނިން އާއި އެޒްޕެން ސެންޑްބާގެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ޕައިރޭޓްސް" ގެ ފުރަތަމަ ބައި "ދަ ކާޒް އޮފް ދަ ޕާލް" 2003 ގައި ރިލީޒް ކުރި އިރު ދެވަނަ ފިލްމު "ޑެޑް މޭން ޗެސްޓް" ސިނަމާތަކަށް އައީ 2006 ގަ އެވެ. އަދި ތިން ވަނަ ފިލްމު "ވޯލްޑްސް އެންޑް" 2007 ގައި ގެނެސް ދިން އިރު، ހަތަރު ވަނަ ބައި "އޮން ސްޓްރޭންޖާޒް ޓައިޑްސް" ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފަސް ވަނަ ބައި "ޑެޑް މޭން ނޯ ޓޭލްސް" ސިނަމާތަކަށް އައީ 2017 ގަ އެވެ.
މި ފިލްމުތަކަށް ބޮކްސް އޮފީހުގައި ޖުމްލަ 4.56 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާންނުކުރާ އިރު، އެ ފިލްމު ޑެޕް ނުފެނުންވެގެން ދާނީ ބެލުންތެރިންނަށް ލިބޭ ވަރަށް ބޮޑު ފަޅު ކަމަކަށެވެ. އޭނާއަކީ މި ސީރީޒްގެ ފިލްމުތަކުގެ ދިރުން ކަމަށްވާ ޖެކްސް ޕެރޯގެ ކެރެކްޓާ ކުޅުނު ތަރި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމުގައި އެ ކެރެކްޓާ ނެތުމަކީ ވެސް ވެދާނެ ގޮތެކެވެ.
ޑެޕް އަލުން ޑިޒްނީ އަށް؟
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމަށް މާގޯ
ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެންނާނެ؟
"ޕައިރޭޓްސް" އިން ޑެޕް ނުފެންނާނެކަން ކަށަވަރުވެއްޖެ
"ޕައިރޭޓްސް" ގެ އާ ފިލްމުން ޖޮނީ ޑެޕަށް ޖާގައެއް ނެތް
"ޕައިރޭޓްސް 5" އިން ޕޯލް މެކާޓްނީ ފެންނާނެ
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ