27 އޮކްޓޯބަރ 2019
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ނުދައްކައިގެން ޓްރޭޑް ޔޫނިއަންގެ ކުރީގެ ރައީސް ފުއާދު ޒާހިރު ދެ މަސް ދުވަހަށް ޖަލަށްލުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ނުދައްކައިގެން ޓްރޭޑް ޔޫނިއަންގެ ކުރީގެ ރައީސް ފުއާދު ޒާހިރު ދެ މަސް ދުވަހަށް ޖަލަށްލުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ކޯޓުން ކުރި ހުކުމަކާ ގުޅިގެން ވިޔަފާރިވެރިޔާ ފުއާދުގެ ފަރާތުން މީރާ އަށް ދައްކަން ޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާ ކަން މީރާގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުންނާއި ދެ ފަރާތުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ފުއާދުގެ މައްޗަށް އަދަބު ލިބުނު ދެ ވަނަ ފަހަރެވެ.
އެހެންވެ، އެ ފައިސާ ދެއްކުމަށް އެންގުމާ އެކު، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ އަދަބެއްގެ ގޮތުން ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގަވައިދުގެ ދަށުން، ދައުވާ ލިބޭ ފުއާ ދެ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
ޓެކްސް އަށް މަކަރު ހެދުމާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮޑިޓަށް ދަތިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރީ ވެސް ފުއާދުގެ މައްޗަށެވެ.
އޭރު އޭނާގެ މައްޗަށް ދައުވާ ކުރީ ދެ ކުންފުންޏެއްގެ ފިހާރަތަކާއި އޮފީސްތަކަށް ވަދެ ހޯދި މައުލޫމާތުތަކަށް ބަލާ އިރު، އޭނާގެ ޓެކްސް ބަޔާންތަކުގައި ދޮގު ހިމެނޭ ކަން ފާހަގަ ކުރެވެމުންނެވެ.
އެކަމާ ގުޅިގެން ފުއާދުގެ ހިއްސާ އޮންނަ ޓްރެޝާ ބިޒްގެ އޮފީހަށް މީރާ އިން ވަދެ ފާސް ވެސް ކުރި އެވެ.
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ތްރީއޭ އިން 2.7 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ޓެކްސްގެ ގޮތުގައި 22 މިލިއަން ހޯދަން މީރާއިން ކޯޓަށް
ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހުކުމްކޮށްފި
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް
ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ކޯޓަށް
ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ބަޔަކު ގޭ ބަންދަށް
ޓެކްސްގެ ގޮތުގައި 1.9 މިލިއަން ދައްކަން ހުކުމްކޮށްފި
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު