24 އޮކްޓޯބަރ 2019
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން އިގްތިސާދީ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން އިގްތިސާދީ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މާގަމަށް ފަތުހުﷲ ނުވަތަ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެން މަޖިލިހުގެ ލަފާ ދެއްވި އެވެ.
އެކަމަކު، އިގްތިސާދީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ނިންމީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަން ކުރުމަށް ނިންމައި އޭނާގެ ނަން ތަޅުމަށް ފޮނުވުމަށެވެ.
ފަތުހުﷲ 2003 ވަނަ އަހަރު މީރާއާ ގުޅިވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ވަޑައިގެންނެވީ 2010 ގަ އެވެ.
މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، 2016 ވަނަ އަހަރު ފަތުހުﷲ ދިރާގާ ގުޅިވަޑައިގެން މިއަދާ ހަމައަށް އޭނާ ހުންނެވީ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ. ފަތުހުﷲ ވަނީ ސެޓިފައިޑް އެކައުންޓިން ޓެކްނީޝަންގެ ދާއިރާ އިން ޑިޕްލޮމާ ހާސިލް ކުރައްވައިފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަންކުރަން ކޮމިޓީން ނިންމި އިރު، ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ހަ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން މަޖިލިހުގެ ތަޅުމަށް ފޮނުވުމަށް އިގްތިސާދީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
1- އަސްމާ ޝަފީއު- ވައިޖެހޭގެ/ ހއ. އިހަވަންދޫ.
2- އިސްމާއިލް ސާޖިދު- މއ. ވިލާރޮދި.
އިގްތިސާދީ ކޮމިޓީން ބުނި ގޮތުގައި ހަ ބޭފުޅުން އިންޓަވިއު އަށް ހާޒިރުވުމުގެ ދައުވަތު ދިނުމުން ކޮމިޓީ އަށް ވަޑައިގެންފައި ވަނީ ވެސް އަސްމާ އާއި ސާޖިދު އެކަންޏެވެ.
މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިއިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެ އެވެ.
އެކަމަކު އެކަން ނުވެ އުޅެނިކޮށް ގާނޫނުގައި ބުނާ އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.
މީރާ އަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ދެ ނަން ކޮމިޓީއަށް
ޗައިނާގެ ލޯނުތަކަކީ ދަރަނީގެ "ދަންތުރައެއް" ނޫން
ޔޫސަބަލް ރިޒާވުގައި 300 މިލިއަން ޑޮލަރު އެބަހުރި
2022ގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ
މަސައްކަތްތެރިން ހިމާޔަތް ނުކުރާތީ އީސަ އަށް ފާޑުކިޔުން
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
މަޖިލިހުން ބަޖެޓް ބޮޑު ކުރުމާ ނަޝީދު ދެކޮޅު
ބަޖެޓް ބަހުސް މާދަމާ މަޖިލިހުގައި ފަށަނީ
މިއީ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް: އަމީރު