21 އޮކްޓޯބަރ 2019
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އަށް 1.2 ބިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އަށް 1.2 ބިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް ޓެކްސް އަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ބޭންކަށް ލިބުނު ފައިދާ ވަނީ މިދިޔަ އަހަރާ އަޅާ ބަލާ އިރު ހަތަރު ޕަސެންޓު ކުރިއަރައިފަ އެވެ. އެ ބޭންކުގެ ފަންޑިން ކޮސްޓް އިތުރުވެ، ޕްރޮވިޝަން ޗާޖުގެ އިތުރުން އިންވެސްޓްމެންޓްތައް އިތުރުވި ނަމަވެސް އެ ބޭންކްގެ ފައިދާ އިތުރުވެފައި ވަނީ ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދައިގެންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މީޑިޔާ އަށް މިއަދު ދިން މެންދުރުގެ ކެއުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ، ބޭންކްގެ މާލީ ހާލަތު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ބޭންކްގެ ހިދުމަތް މުޅި ރާއްޖެ އަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
"ލިބުނު ކުރިއެރުމުގެ ސަބަބުން ބޭންކްގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓެކްސް އަށް ކެނޑުމުގެ ކުރިން 724 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. ބީއެމްއެލަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބީއެމްއެލް އިން ސަރުކާރަށް ރެކޯޑު އަދަދެއްގެ ޑިވިޑެންޑް
ބީއެމްއެލަށް 1.7 ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ކްރެޑިޓް ކާޑުގެ ބޭރުގެ މުއާމަލާތުތައް މަތިކުރަނީ
ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ބީއެމްއެލްގެ އޮފީސް އިމާރާތަށް ހުޅުމާލެ އިން ބިން ދީފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރާނަން: ބީއެމްއެލް
ބީއެމްއެލްގެ ފައިދާ 1.6 ބިލިއަނަށް، މިއީ ރެކޯޑެއް
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް