20 އޮކްޓޯބަރ 2019
ދަރިފުޅު ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ ފިލްމު "ކްރިޝް 4" ޑައިރެކްޓްކުރާނީ ސަންޖޭ ގުޕްތާ ކަމަށް ބުނާ ވާހަކަތައް ޑައިރެކްޓަރު ރާކޭޝް ރޯޝަން ދޮގުކޮށްފި އެވެ.
ދަރިފުޅު ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ ފިލްމު "ކްރިޝް 4" ޑައިރެކްޓްކުރާނީ ސަންޖޭ ގުޕްތާ ކަމަށް ބުނާ ވާހަކަތައް ޑައިރެކްޓަރު ރާކޭޝް ރޯޝަން ދޮގުކޮށްފި އެވެ.
މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2017 ގައި ރާކޭޝް ޕްރޮޑިއުސްކޮށް، ރިތިކް ބަތަލުގެ ރޯލް ކުޅުނު "ކާބިލް" ގެ ޑައިރެކްޓަރާ ފިލްމު ހަވާލުކުރީ ރާކޭޝްގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
ނަމަވެސް ސަންޖޭއާ ފިލްމު ހަވާލުނުކުރާކަން ކަށަވަރުކޮށްދެމުން ރާކޭޝް ބޮލީވުޑް ހަންގާމާ އަށް ބުނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"އަހަންނަށް ވެސް އެ ވާހަކަ މީޑިއާތަކުން ފެނިގެން ހިނި އައީ. ކްރިޝް ހަތަރެއް ވެސް ޑައިރެކްޓްކުރާނީ އަހަރެން. އޭގެ ތައްޔާރީތައް ވަމުން މި އަންނަނީ،" އޭނާ ބުންޏެވެ. "ބުނަން އޮތް ވާހަކަ އަކީ ފިލްމުގެ ސްކްރީންޕްލޭގައި އަހަންނާ އެކު ސަންޖޭ ބައިވެރިވެއޭ. އޭނަގެ އެހީ ވަރަށް ބޮޑު. ސަންޖޭއަކީ ވެސް މޮޅު ޑައިރެކްޓަރެއް. އަހަންނަށް އެކަން އެންމެ ގާތުން ތަޖުރިބާކުރެވުނީ ކާބިލްގެ މަސައްކަތް ކުރި ދުވަސްވަރު. ސަންޖޭ އަކީ އަހަރެން ވަރަށް ފަހުރުވާ ޑައިރެކްޓަރެއް."
ރާކޭޝް ބުނިގޮތުގައި ފިލްމު ރަސްމީކޮށް އިއުލާންނުކޮށް ލަސްވަނީ ސްކްރިޕްޓްގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ އެވެ. އަދި ހިތްހަމަޖެހޭ ވަރަށް ސްކްރިޕްޓް ނިންމައިލެވުމާ އެކު ފިލްމު އިއުލާންކުރާނެ ކަމަށް ބުންޏެވެ.
"މީގެ މަސައްކަތް ފަށަން އަދި އެބައޮތް އަހަރެއްހާ ދުވަސް. މިއީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ އަދި ޕްރި-ޕްރޮޑަކްޝަނަށް ވެސް ފުދޭ ވަރަކަށް ވަގުތު ނަގާނެ ފިލްމަކަށްވާތީ ވަރަށް ހަމަޖެހިލައިގެން މަސައްކަތްތައް ކުރިއަށްދާނީ،" އޭނާ ބުންޏެވެ.
ކުރިން އަންނަ އަހަރު "ކްރިޝް 4" ގެނެސްދޭން ނިންމި ނަމަވެސް، މިހާރު ރޭވިފައިވާ ގޮތުގައި ފިލްމު ސްކްރީނަށް އަންނާނެ ކަމަށް ބެލެވެނީ 2021 ގަ އެވެ.
"ކްރިޝް" އަކީ ރާކޭޝް 2003 ގައި "ކޮއި...މިލް ގަޔާ" ގެ ނަމުގައި ގެނެސްދިން ފިލްމުގައި ރިތިކް ކުޅުނު ކެރެކްޓާއިން ކުރި ފަޅުވައިގެން ގެނެސްދޭން ފެށި ސީރީޒެކެވެ. އެގޮތުން "ކްރިޝް" 2006 ގައި ގެނެސްދިނުމަށް ފަހު "ކްރިޝް 3" ގެނެސްދިނީ 2013 ގަ އެވެ.
"ކްރިޝް 4" ހެދޭނީ ކޮވިޑް ނިމުނީމަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކްރިޝް 4" އަށް ރިތިކް ލަވަ ކިޔާނެ
ސޮނާކްޝީގެ ބޭބެ ބޭނުމީ "ކްރިޝް 4" ގެ ވިލަންގެ ރޯލު
ރިތިކްގެ "ކްރިޝް 4" އަށް ކިއާރާ؟
"ކްރިޝް 4" ގައި ރިތިކްގެ ހަތަރު ކެރެކްޓާއެއް
ސިނގިރެޓެއް ނުބޮން، ބޭނުމީ އެ ނައްތާލަން: ރިތިކް
"ކްރިޝް 4" ޑައިރެކްޓްކުރާނީ ސަންޖޭ ގުޕްތާ؟
"ކްރިޝް 4" ގައިވެސް ޕްރިޔަންކާ އުޅޭނެ
"ދަ ރޯޝަންސް" ނެޓްފްލިކްސް އަށް އަންނަނީ