16 އޮކްޓޯބަރ 2019
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ލ. އަތޮޅުގައި ބާއްވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ލ. އަތޮޅުގައި ބާއްވައިފި އެވެ.
މިއީ އެޑްވޮކޭޓިން ފޮ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް (ބީއީޑީއެސް) ގުޅިގެން ލ. ގަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އެ އަތޮޅު ކުނަހަންދޫގެ އިތުރުން އިސްދުއާއި ފޮނަދޫ އަދި ގަމުގައި ދިރިއުޅޭ 25 ކުއްޖަކު ބައިވެރިވި އެވެ. މި ކޭމްޕު އަމާޒުކޮށްފައި ވަނީ އަޑުއެހުމުގަ އާއި ވާހަކަދެއްކުމުގައި އުނދަގޫތަކާ ދިމާވާ ކުދިންނަށެވެ.
އާކް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އިން ލ. ގަމުގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ބައިވެރިވި ދަރިވަރެއް -- ފޮޓޯ: އާކް
މި ކޭމްޕުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ބޭރު ސްޕީޗް ތެރަޕިސްޓެއް ކަމަށް އާކް އިން ބުންޏެވެ. ކޭމްޕުގައި ބައިވެރިވި ކުދިން ބަލައި، އެ ކުދިން ބޭނުންވާ އެސެސްމެންޓުުތަކާއި ޓެސްޓުތައް ހަދައިދިނީ ވެސް އެ ތެރަޕިސްޓެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިިޔައީ ގަން ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
މީގެ އިތުރުން އެ ކުދިންނާ މުއާމަލާތުކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ހާއްސަ ސެޝަނެއް ވެސް އޭނާ ކުރިއަށް ގެންދިޔަ އެވެ. ވާހަކަދެއްކުމުގައި ރަނގަޅު އަޑުތައް ބޭނުންކުރުމުގެ މުހިއްމުކަމާއި މުއާމަލާތް ކުރުމުގައި ދިމާވާ ގޮންޖެހުންތައް މަދުކުރަން ކުރެވޭނެ ކަންތައްތައް ވެސް މި ސެޝަންގައި އޭނާ ކިޔައިދިން ކަމަށް އާކް އިން ބުންޏެވެ. ތިރީހަށް ވުރެ ގިނަ ޓީޗަރުން އާއި ބެލެނިވެރިން މި ސެޝަނުގައި ބައިވެރިވި އެވެ.
ބެލެނިވެރިންނާއި ޓީޗަރުންނަށް ދިން މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އާކް
މި އަހަރުގެ މާޗު މަހު ވެސް އާކް އާއި ބީއީޑީއެސް ގުޅިގެން މިފަދަ ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި
ފަޅުތައް ނުހިއްކައި ލ. އަތޮޅު ބޭނުންކުރަން އެދެފި
ދަރިފުޅަށްޓަކައި އުފަންވި "ބިއުޓިފުލް އައިސް"
އެނދުމަތިވެފައި ތިބި ކުދިންނަށް އެނދު ހަދިޔާކޮށްފި
ޑައުންސިންޑްރޯމް ދެބެއިންނަށް ބައްޕަ ދިނީ މޮޅު ހައްލެއް
ކެއާ ސޮސައިޓީގެ ވީޓީޔޫ އަށް ދިރާގުގެ އެހީ
"ބިއުޓިފުލް އައިޒް" މި ފަހަރު އޮންލައިންކޮށް
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ނުކުޅެދުންތެރިކަން ހުންނަ މީހަކާ ބެހުނު މީހަކު ހައްޔަރު