Roadha Mihaaru
ހާލީ-ޑޭވިޑްސަންގެ އިލެކްޓްރިކް ސައިކަލް "ހުއްޓިއްޖެ"

ހާލީ-ޑޭވިޑްސަންގެ އިލެކްޓްރިކް ސައިކަލް "ހުއްޓިއްޖެ"

16 އޮކްޓޯބަރ 2019

އެމެރިކާގެ ކުންފުނި ހާލީ-ޑޭވިޑްސަން އިން އަލަށް އުފައްދަން ފެށި އިލެކްޓްރިކް ސައިކަލްގެ ޗާޖިން ސިސްޓަމްގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، އޭގެ މަސައްކަތްތައް ވަގުތީ ހުއްޓާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުންފުނި ހާލީ-ޑޭވިޑްސަން އިން އަލަށް އުފައްދަން ފެށި އިލެކްޓްރިކް ސައިކަލްގެ ޗާޖިން ސިސްޓަމްގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، އޭގެ މަސައްކަތްތައް ވަގުތީ ހުއްޓާލައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ލައިވް ވަޔާގެ ނަމުގައި ނެރެން ނިންމައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރީ-އޯޑަރަށް ވެސް ވެސް ހުޅުވާލައި މިދިޔަ މަހުގެ ތެރޭގައި ޝިޕިން ފަށާފައި ވަނިކޮށް، 105 ހޯސްޕަވަރުގެ ސައިކަލްގެ ޗާޖިން ސިސްޓަމްގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ ކޮލިޓީ ޗެކްކުރުމުގެ ތެރޭގަ އެވެ.

މިކަމާ ގުޅިގެން "ލައިވް ވަޔާ" ގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި ސައިކަލްގެ ޗާޖިން ސިސްޓަމާއި އޭގެ ޗާޖިން އިކްޕްމަންޓަށް ދިމާވި މައްސަލަތައް ދެނެގަންނަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. މި އިލެޓްރިކް ސައިކަލަކީ އެއް ގަޑިއިރުން ފުލްކޮށް ޗާޖްކުރެވޭ އަދި ލޯ-ސްޕީޑްގައި ގަޑިއަކު 146 މޭލަށް ދަތުރުކުރުުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށް ހާލީ-ޑޭވިޑްސަން އިން ބުނެ އެވެ.

ނަމަވެސް މުއްދަތެއް ނެތް ގޮތަށް މީގެ މަސައްކަތް ހުއްޓައިލުމާ އެކު، ސައިކަލް ބާޒާރަށް ނެރެވޭނެ އިރެއް ނޭނގެ އެވެ. ހާލީ-ޑޭވިޑްސަން އިން ބުނެފައިވާ ގޮތުގައި ޕްރި-އޯޑަރަށް ހުޅުވައިލުމާ އެކު ވަރަށް ގިނަ ޔުނިޓްތަކެއް ވިކިފައިވެ އެވެ. އެކަމަކު އަދަދެއް ހާމައެއް ނުކުރެ އެވެ.

"ލައިވް ވަޔާ" ގެ އަގަކީ 29,799 ޑޮލަރު (459,202.59ރ.) އެވެ.