Roadha Mihaaru
ގިނައިން ޝޭވްކުރާ މީހުންނަށް ޖިލެޓްގެ "ހީޓެޑް" ރޭޒަރު

ގިނައިން ޝޭވްކުރާ މީހުންނަށް ޖިލެޓްގެ "ހީޓެޑް" ރޭޒަރު

05 ނޮވެމްބަރ 2020

ގިނައިން ޝޭވްކުރާ މީހުންނަށް ހާއްސަކޮށް ޖިލެޓް ކުންފުނިން ތަފާތު ވައްތަރެއްގެ ރޭޒަރެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނައިން ޝޭވްކުރާ މީހުންނަށް ހާއްސަކޮށް ޖިލެޓް ކުންފުނިން ތަފާތު ވައްތަރެއްގެ ރޭޒަރެއް ނެރެފި އެވެ.

ޖިލެޓުން ބުނި ގޮތުގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ "ހީޓެޑް" ރޭޒަރަކީ "ހޮޓް ޓަވަލް ޝޭވިން" ގެ އިހުސާސް ކޮށްދޭނެ އެއްޗެކެވެ. މީގައި އިންނަ ފަސް ތިލައިގެ ދަށުން ވަރަށް "އަރާމު" ހޫނުކަމެއް ލިބޭނެ އެވެ. ވަރަށް ޒަމާނީ ގޮތަކަށް ޖަރުމަނުގައި ޑިޒައިން ކޮށްފައިވާ މި ރޭޒަކީ އެ މީހެއްގެ މޫނުގެ ހަމާއި ތުނބުޅީގެ ތުނި ބޯމިނަށް އޭގެ ހޫނުމިން ސެޓްކުރެވޭ ތައްޔާރުކޮށްފައިވާ ރޭޒެކެވެ.

"ހީޓެޑް" ރޭޒަރުގެ ހިފާ ތަނުގައި އިންނަ ބަޓަނުން އޭގެ ޓެމްޕެރޭޗާ ސެޓްކުރެވޭނެ އެވެ. ކަށަވަރުކޮށްދޭނެ ކަމަކީ މޫނު އަންދައިލާ ވަރަށް ހޫނުނުވާނެ ކަމެވެ. މި ބޭނުންކުރާ އިރު އޭގައި އިންނަ އޮރެންޖް ކުލައިގެ ލެޑް ލައިޓްގެ ކުލަ ގަދަވުމުން އެހެރީ ބޭނުންކުރަން ތައްޔާރުވެފަ އެވެ.

އާދައިގެ ރޭޒަރު ބޭނުންކުރުމުން ތުނބުޅި އާއި މަތިމަހުގެ އިސްތަށިތަކަށް ދިމާވާ މައްސަލަތަކާއި ހަންގަނޑަށް ދިމާވާ މައްސަލަ "ހީޓެޑް" ރޭޒަރުން ކުރިމައްޗެއް ނުވާނެ އެވެެ. މިއީ މޫނަށް އަރާމުކޮށް، ތުނބުޅި ރީތިކޮށް ބަހައްޓަން އެއް ވަނައިގެ އުފެއްދުމަށް ޖިލެޓުން ދައުވާކުރެ އެވެ.

"ހީޓެޑް" ރޭޒަރު ފުލްކޮށް ޗާޖްކޮށްލައިގެން ހައެއްކަ ދުވަހަށް ހިފަހައްޓާނެ އެވެ. ރޭޒަރު ޗާޖްކުރަން އިންނާނީ ދަގަތްފާނު ސްޓޭންޑެކެވެ. އޭގެ މަތީގައި ސީދަކަށް ރޭޒަރު ބަހައްޓާލެވޭނެ އެވެ.

ޖިލެޓްގެ ވެބްސައިޓްގެ އިތުރުން އެމެޒޯން އާއި ދި އާޓް އޮފް ޝޭވިން ފަދަ ޕްލެޓްފޯމްތަކުން "ހީޓެޑް" ރޭޒަރު ގަނެވޭނެ އެވެ. ވޯޓަޕްރޫގް މި ރޭޒަރުގެ އަގަކީ 200 ޑޮލަރު (3,080ރ.) އެވެ.

ޖިލެޓްގެ ވެބްސައިޓްގައި "ހީޓެޑް" ރޭޒަރު ބޭނުންކުރި ބައެއް މީހުންގެ ރިވިއުތައް ވެސް ހިމަނާފައިވާ އިރު، ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި މިއީ އަގާ އެއްވަރުގެ ވަރަށް ރަނގަޅު އުފެއްދުމެކެވެ.