14 އޮކްޓޯބަރ 2019
ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެ ވަނަ ބައިން ސައިފް އަލީ ޚާނަށް ދިން ރޯލް އޭނާ ދޫކޮށްލާފައިވާތީ އެ ރޯލަށް އާރް މަދަވަން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެ ވަނަ ބައިން ސައިފް އަލީ ޚާނަށް ދިން ރޯލް އޭނާ ދޫކޮށްލާފައިވާތީ އެ ރޯލަށް އާރް މަދަވަން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރާނީ ވެސް މުހިއްމު ރޯލެއް ކުޅޭ ފިލްމުގައި މަދަވަން ފެންނާނީ ރާނީއާ އެކީގަ އެވެ. މި ފިލްމު ވާނީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަދަވަން ކުޅޭ ފުރަތަމަ ފިލްމަށެވެ. އަދި ރާނީއާ އެކު އޭނާ ސްކްރީން ހިއްސާ ކުރާ ފުރަތަމަ ފިލްމަށެވެ.
ހަންގާމާ އިން ބުނިގޮތުގައި "ބަންޓީ އޯރް ބަބްލީ 2.0" ގެ ޝޫޓިން ވެސް މިދިޔަ ހަފުތާގައި ފަށާފައި އިރު، މީގެ ކާސްޓުންގެ ތެރޭގައި "ގަލީ ބޯއި" އިން ތައާރަފުވި އެކްޓަރު ސިދާންތު ޗަކްރަވެދީ އާއި އަލަށް ތައާރަފުކުރާ ބަތަލާ ޝަރްވާރީ ވާގް ވެސް ހިމެނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި 2005 ގައި ޝާދު އަލީ ޑައިރެކްޓްކުރި ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކުރަނީ ޝާދާ އެކު 2014 ގެ ފިލްމު "ކިލް ދިލް" އަދި 2015 ގައި އަލީ އައްބާސް ގެނެސްދިން "ސުލްތާން" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވަރުން އެސް ޝަރުމާ އެވެ.
އޭނާ އަކީ މިދިޔަ ޖޫން މަހު ސަލްމާނާ އެކު އަލީ ގެނެސްދިން "ބާރަތު" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ފަންނާނެކެވެ. "ބަންޓީ އޯރް ބަބްލީ 2.0" އަކީ ވަރުންގެ އަލަތު ޑައިރެކްޝަނަށެވެ.
މި ފިލްމުގެ ވާހަކަ މީޑިއާތަކުން ދައްކަމުން ދިޔަ ނަމަވެސް ވައިއާރްއެފުން ފިލްމު އަދި ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސައިފް "ބަންޓީ އޯރް ބަބްލީ 2.0" ދޫކޮށްލީ ކުޅެން ލިބުނު ކެރެކްޓާގައި މާ ހާއްސަ ކަމެއް ނެތުމުންނެވެ. އަދި އެ ރޯލް އޭނާ އަށް ހުށަހެޅުމުގެ ކުރިން ފުރަތަމަ ބައިގެ ބަތަލު އަބީޝެކަށް ހުށަހެޅުމުން އޭނާ ވެސް ފިލްމަށް އެއްބަސްނުވި ކަމަށްވެ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަންޓީ އޯތް ބަބްލީ" ގައި އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަން ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިރު، އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އެ ފިލްމުގެ އައިޓަމް ލަވައެއް ވެސް ކުޅުނެވެ.
ސައިފް ވައިއާރްއެފްގެ ފިލްމެއް ދޫކޮށްލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މި ފަހަރު "ބަންޓީ އޯރް ބަބްލީ އެގެއިން"
ރާނީ އާއި އަބީޝެކް އެކީގައި އަލުން ފެންނާނެ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ބަންޓީ އޯރް ބަބްލީ 2" އިއުލާންކޮށްފި
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ