21 އޯގަސްޓް 2018
ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން އެކީގައި ކުޅުނު ފިލްމަތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ މަސައްކަތް އަންނަ ނޮވެމްބަރު ފަށަން ނިންމައިިފި އެވެ.
ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން އެކީގައި ކުޅުނު ފިލްމަތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ މަސައްކަތް އަންނަ ނޮވެމްބަރު ފަށަން ނިންމައިިފި އެވެ.
އެ ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ޝާދް އަލީ 2005 ގައި ޑައިރެކްޓް ކުރި ފިލްމެކެވެ.
"ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެއް ހަދާ ވާހަކަ ދެކެވެން ފަށާފައި މި ވަނީ އެ ފިލްމްގެ ދެވަނަ ބަޔަކަށް ޝައުގުވެރިވާ ކަމަށް ރާނީ ވެސް ބުނެފައި ވަނިކޮށެވެ.
ޔާޝްރާޖްގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައިގައި ވެސް ލީޑް ރޯލް ކުޅޭނީ ރާނީ އާއި އަބީޝެކް ކަމަށެވެ. އަދި ދެ ތަރިން ވެސް އަލުން އެކީގައި މަސައްކަތް ކުރަން ފުރުސަތު ލިބޭތީ ވަރަށް އުފަލުން ތިބި ކަމަށްވެ އެވެ.
ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި މި ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނީ 2007 ގެ "ލާގަ ޗުނުރީ މޭ ދާގް" އެވެ.
ވައިއާރްއެފްގެ އޮފިޝަލް ބުނި ގޮތުގައި "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެއް ހަދަން އަދިތިޔާ ވެސް ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެކަމަކު މި ފަހަރު ފިލްމް ޑައިރެކްޓް ކުރާނީ ޝާދް ނޫން ކަމަށްވެ އެވެ.
އޭނާ އެންމެ ފަހުން ވައިއާރްއެފް އަށް ޑައިރެޓްކޮށް ދިން ފިލްމަކީ ރަންވީރް ސިންގް އާއި އަލީ ޒަފަރާއި ޕަރިނީތީ ޗޯޕްޅާ އަދި ގޯވިންދާ މުހިއްމު ރޯލްތައް ކުޅުނު 2014 ގެ ފްލޮޕް ފިލްމް "ކިލް ދިލް" އެވެ.
ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު އަދި ވަރަށް ހިތްގައިމު ލަވަތަކެއް ވެސް ހިމެނުނު "ބަންޓީ އޯރް ބަބްލީ" އެންމެ މަޝްހޫރު ލަވައަކީ "ކަޖްރާ ރޭ" އެވެ. އެ ލަވައިގައި އަބީޝެކާ އެކު އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން އާއި ބައްޕަ އަމީތާބު ބައްޗަން ވެސް ފެނިގެން ގޮސްފައިވެ އެވެ.
ރާނީ އެންމެ ފަހުން ފެނިފައި ވަނީ މާޗް މަހު ރިލީޒް ކުރި "ހިޗްކީ" އިންނެވެ.
އަބީޝެކް ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "މަންމަރްޒިޔާން" އިންނެވެ.
"ބަންޓީ އޯރް ބަބްލީ 2.0" އަށް މަދަވަން
ސައިފް ވައިއާރްއެފްގެ ފިލްމެއް ދޫކޮށްލައިފި
މި ފަހަރު "ބަންޓީ އޯރް ބަބްލީ އެގެއިން"
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބަންޓީ އޯރް ބަބްލީ 2" އިއުލާންކޮށްފި
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟