13 އޮކްޓޯބަރ 2019
ލުސޭން، ސްވިޒަލެންޑް (އޮކްޓޫބަރު 13) - ޔޫރޯ ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހުގެރޭ އަލްބޭނިއާ އަތުން 1-0 އިން ތުރުކީ މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު ތުރުކީގެ ކުޅުންތެރިން އުފާފާޅުކުރިއިރު ސިޔާސީ ކަންކަމަށް ބާރުލިބޭ ފަދަ އިޝާރާތެއް ކޮށްފައިވާތީ އެ މައްސަލަ ބަލަން ފީފާ އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލުސޭން، ސްވިޒަލެންޑް (އޮކްޓޫބަރު 13) - ޔޫރޯ ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހުގެރޭ އަލްބޭނިއާ އަތުން 1-0 އިން ތުރުކީ މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު ތުރުކީގެ ކުޅުންތެރިން އުފާފާޅުކުރިއިރު ސިޔާސީ ކަންކަމަށް ބާރުލިބޭ ފަދަ އިޝާރާތެއް ކޮށްފައިވާތީ އެ މައްސަލަ ބަލަން ފީފާ އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފަހު ވަގުތު ޗެންކް ޓޮސުން ޖެހި ގޯލަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ތުރުކީ ކުޅުންތެރިން ވަނީ މިލިޓަރީ ސެލިއުޓެއް ނަގައިފަ އެވެ. މިއީ ސީރިއާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިއާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީގެ ސިފައިން ކުރާ ހަނގުރާމަ އަށް ތާއީދުކުރުމުގެ ގޮތުން ނެގި ސެލިއުޓެއް ކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެ މެޗަށް ފަހު ތުރުކީ ފުޓްބޯޅަ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވެސް ވަނީ އެ އުފާފާޅުކުރުމުގެ ފޮޓޯއެއް ޕޯސްޓްކޮށް ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ކަންތައްތަކަށް ތާއީދުކުރާ މޭރުމުން މެސެޖެއް ދީފަ އެވެ.
މި މައްސަލައިގައި ފީފާގެ އޮފިޝަލަކު މީޑިއާ އަށް ބުނީ އެ ފެޑެރޭޝަނުގެ ސަމާލުކަމަށް ތުރުކީގެ މި ކަންތައްތައް އައިސްފައިވާ ކަމަށާއި ފުޓްބޯޅައިގެ ތެރެއިން ސިޔާސީ އެ ނޫން ވެސް ކުޅިވަރު ބައިބައިވާ ފަދަ އަމަލުތަކެއް ހިނގިޔަ ނުދޭނެ ކަމަށާއި އެކަން ކުރާ ބަޔަކަށް އަދަބުދޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ފީފާއިން މިހާރު ވަނީ ތުރުކީގެ އެ އުފާފާޅުކުރުމުގައި ބައިވެރިވި ކުޅުންތެރިންގެ މައްސަލަ ބަލަން ފަށައިފަ އެވެ.
ދާދި ފަހުން ނިމުނު ވޯލްޑް ޖިމްނާސްޓިކް ޗެމްޕިއަންޝިޕްގައި ވާދަކުރި ތުރުކީގެ އެތުލީޓް އިބްރާހިމް ކޮލަކް ވަނީ މެންސް ރިންގް އިވެންޓް ކާމިޔާބުކޮށް ރަން މެޑަލް ބަލައި ޕޯޑިއަމް އަށް ގޮސް ހުރެ މިލިޓަރީ ސެލިއުޓެއް ނަގައިފަ އެވެ. އޭނާގެ މައްސަލަ އިންޓަނޭޝަނަލް ޖިމްނާސްޓިކް ފެޑެރޭޝަނުން ބަލާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ސާބިއާ އަތުން ފަހަތުން އަރައި ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކުމުން އެ ދެ ކުޅުންތެރިންގެ މައްސަލަ ބަލައި ފީފާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ޝާކާ އާއި ޝަގީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކައިފަ އެވެ. މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށެވެ. އެ މައްސަލައިގައި ޝަގީރީ އާއި ޝާކާގެ އިތުރުން ދެން ބައިވެރިވި ކުޅުންތެރިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް
އިންގްލެންޑާއި ފްރާންސް އަދި ތުރުކީ ޔޫރޯ އަށް
ޔޫރޯގައި ވިދާލި ގުލާގެ ޗުއްޓީ ރާއްޖޭގައި
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް
ތުރުކީގެ ޑެމިރާލް ސަސްޕެންޑް، ބެލިންހަމަށް ޖޫރިމަނާ
ތުރުކީން އުފާފާޅުކުރިގޮތް ޖަރުމަނަށް މައްސަލައަކަށްވެއްޖެ
އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކީ ކުއާޓާ އަށް
ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ދީލަތި ރޮނާލްޑޯގެ ރެކޯޑާ އެކު ޕޯޗުގަލް ދެވަނަ ބުރަށް