11 އޮކްޓޯބަރ 2019
ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށާއި އަދި އިސްލާމްދީނުގެ ނަމުގައި ގާނޫނާ ޚިލާފް އަމަލުތައް ހިންގަން ވެސް ފުރުސަތު ނުދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށާއި އަދި އިސްލާމްދީނުގެ ނަމުގައި ގާނޫނާ ޚިލާފް އަމަލުތައް ހިންގަން ވެސް ފުރުސަތު ނުދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހިމަނާފައިވާ މައްސަލައަކާ ގުޅިގެން އެ ޖަމްއިއްޔާ ސަސްޕެންޑްކޮށް، އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ހިމެނޭ ގޮތުން އަސާސީ ހައްގުތައް މި ސަރުކާރުން ނަގަހައްޓައިދޭނެ ކަމަށާއި އެކަމަކު ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާނެ ގޮތަށް ބޭނުން ކުރަންޖެހޭ މިނިވަންކަމެއް ކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތް ކުރުމުގެ ނަމުގައި މީހުންނަށް ބިރު ދައްކައި، އިންޒާރު ދިނުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ނިޒާމުގެ މައިގަނޑު މަސްދަރު ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަން ކަމަށެވެ. އަދި އެމްޑީއެން ސަސްޕެންޑް ކުރީ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުންދާތީ އެ މައްސަލަ ވަކި ގޮތެއް ނިމެންދެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އިސްލާމްދީނާ ޚިލާފް ވާހަކަ ދައްކާ މީހުންނާއި މީހުންނަށް މަރުގެ އިންޒާރު ދޭ މީހުންގެ މައްސަލަތައް ވެސް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސްވިޑަންގައި ގުރުއާން އެންދުން ރާއްޖޭން ކުށްވެރިކޮށްފި
ރަސޫލާއަށް ފުރައްސާރަކުރުމީ ފިތުނަ އުފެއްދުން: ސަރުކާރު
އިމާމުންނަށް މޮރޮކޯ އިން ފުރުސަތު ހޯދަން މަޝްވަރާކޮށްފި
ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތައް ގުޅިގެން
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
އިތުރު 3ގައުމަކަށް ޝެންގަން ވިސާ ލިބޭގޮތް ހަދައިފި