13 ނޮވެމްބަރ 2023
ޔޫރަޕް ގައުމުތަކުގެ ތެރެއިން، އޯޕަން ބޯޑާސް ގައުމުތައް ނުވަތަ ޝެންގެން ވިސާގައި ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމަކަށް ވިސާ ނެގޭނެ ގޮތް ހަދައިފި އެވެ.
ޔޫރަޕް ގައުމުތަކުގެ ތެރެއިން، އޯޕަން ބޯޑާސް ގައުމުތައް ނުވަތަ ޝެންގެން ވިސާގައި ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމަކަށް ވިސާ ނެގޭނެ ގޮތް ހަދައިފި އެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމުގައި ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މާލޭގައި ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް 2020 ގައި ވަނީ ހުޅުވައިފަ އެވެ.
އެ ހިދުމަތް ފުޅާ ކުރަން ވީއެފްއެސް މާލެ ވިސާ ސެންޓަރާއި ރަސްމީކޮށް ސްވިޒަލެންޑުން މިދިޔަ އޮގަސްޓުގައި ވަނީ ގުޅިފަ އެވެ. އެ ސެންޓަރު މެދުވެރިކޮށް ސްވިޒަލެންޑް، ބެލްޖިއަމް، ނެދަލެންޑް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް އެޕްލައި ކުރެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުތަކުގެ އިތުރުން އިއްޔެއިން ފެށިގެން ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް މާލޭގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އިތުރު ތިން ގައުމެއްގެ ޝެންގަން ވިސާ ރާއްޖޭގައި ދޫކުރަން ފަށާފައިވާއިރު، މީގެ ކުރިން ދިވެހިން ޝެންގަން ވިސާ ނަގަން ދާން ޖެހެނީ އަވަށްޓެރި ސްރީ ލަންކާއަށެވެ. އެކަމަކު 2019ވަނަ އަހަރު ރާއްޖޭގައި ތިބެގެން ޝެންގަން ވިސާއަށް އެޕްލައިކޮށް ވަގުތީ ވިސާއެއް އޭރު ފޮރިން މިނިސްޓްރީން ދޫކުރި އެވެ.
ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވަމުން އަންނައިރު، ޔޫރަޕް ގަައުމުތަކަށް ޗުއްޓީއަށްދާ ދިވެހިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެެ.
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު
އޮމާންގެ އޮންއެރައިވަލް ވިސާއަށް އިތުރު ޝަރުތެއް
ނެދަލޭންޑްސްގައި ގުރުއާން ވީދުން ކުށްވެރިކޮށްފި
ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު
ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި