11 އޮކްޓޯބަރ 2023
ވިސާއާ ނުލައި އޮމާން އަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނި ނަމަވެސް އޮން އެރައިވަލް ވިސާ ލިބޭނީ އިތުރު ޝަރުތެއް ފުރިހަމަވެގެން ކަން އެ ގައުމުން ފަހުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ވިސާއާ ނުލައި އޮމާން އަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނި ނަމަވެސް އޮން އެރައިވަލް ވިސާ ލިބޭނީ އިތުރު ޝަރުތެއް ފުރިހަމަވެގެން ކަން އެ ގައުމުން ފަހުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ރާއްޖެއިން ވިސާއާ ނުލައި ދަތުރު ކުރެވޭ ގައުމުތަކުގެ ލިސްޓެއް އާންމުކުރި އިރު އޭގެ ތެރޭގައި އޮމާން ވެސް ހިމެނެ އެވެ. އަދި މި ފަހުން އެ ލިސްޓަށް ބަލައިގެން އެ ގައުމަށް ދަތުރުކުރި ދިވެހި އާއިލާއަކަށް ވަނީ ވިސާ ހަމަނުޖެހިގެން އެއާޕޯޓުގައި 12 ގަޑިއިރު ހިފެހެއްޓުމަށް ފަހު އަނބުރާ ފޮނުވާލައިފަ އެވެ.
އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި އެ ޝަކުވާތައް ކުރި އިރު ފޮރިން މިނިސްޓްރީން ވަނީ އޮމާން އަށް ވިސާ ހަމަޖެހޭނެ ކަމަށް ބުނެ އެ މިނިސްޓްރީން މީގެ ކުރިން ނެރެފައިވާ ބަޔާން ވެސް ޑިލީޓްކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޮމާން އިން ވިސާ ހަމަޖެހޭނެ މައުލޫމާތު ދިނީ އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ދީފައިވާ މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް ފަހުން މައުލޫމާތު ލިބިފައި ވަނީ އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ އިތުރު ޝަރުތެއް ފުރިހަމަވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއީ އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުމާއި ހޮޓެލް ބުކިން އާއި ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
"....މިހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލައި ވިސާ ނަންގަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ،" އެ މިނިސްޓްރީން ބުންޏެވެ.
އޮމާން އަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާ ނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން އެ ގައުމާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
އިތުރު 3ގައުމަކަށް ޝެންގަން ވިސާ ލިބޭގޮތް ހަދައިފި
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު
ނެދަލޭންޑްސްގައި ގުރުއާން ވީދުން ކުށްވެރިކޮށްފި
ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު
ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި