04 އޮކްޓޯބަރ 2019
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާ ފައިދާ މާ ބޮޑު ކަމަށާއި، އެފައިދާ ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާ ފައިދާ މާ ބޮޑު ކަމަށާއި، އެފައިދާ ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓޫރިޒަމް ދުވަހާ ގުޅިގެން ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ ޓޫރިޒަމް ކޮންފަރެންސްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ފައިދާ ކުޑަކޮށް، އިގްތިސާދު ކުރިއަށް ގެންދަން މުހިއްމު މަސައްކަތްތަކެއް ކުރާ ބޭންކަކަށް އެތަން ވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް މާ ބޮޑު. ބޭންކް އޮފް މޯލްޑިވްސް އެބަ ޖެހޭ ކުޑަވާން. ނުވަތަ އިތުރު ބޭންކްތައް އައިސް މިހާރު މި އޮތް މޮނޮޕޮލީ ބަދަލުވާން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އިތުރު ބޭންކްތައް ގެނައުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަނިޓަރީ އޮތޯރިޓީން ހަދާފައި ހުރި ރެގިއުލޭޝަންތައް ވެސް އެބަ ޖެހޭ ބަދަލު ކުރަން. ކޮންމެވެސް ވަރަކަށް ބޭންކަކީ ވެސް ގެއްލުން ނުވާ ވިޔަފާރިއަކަށް ވެގެން ނުވާނެ. އެހެން ވިޔަފާރިތަކެކޭ އެއްގޮތަކަށް ބޭންކަކީ ވެސް ރިސްކު ނަގަން ޖެހޭ ވިޔަފާރިއަކަށް ވާން ޖެހޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ނުދައްކައިގެން އަރާ ޖޫރިމަނާތަކާއި ބޭންކުން ނަގާ ޕީނަލް އިންޓްރެސްޓް ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. އެގޮތުން 10 ޕަސެންޓް ނުވަތަ 12 ޕަސެންޓުގެ އިންޓްރެސްޓް ނެގުމަށް ފަހު ޖޫރިމަނާއަށް އިތުރު ފަސް ޕަސެންޓް ނެގުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. އެ ބޭންކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ. ބީއެމްއެލްގައި 279،000 ކަސްޓަމަރުން ތިބި އިރު މިދިޔަ އަހަރު ނިމުނުއިރު 12 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.
ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ދައްކައިފަ އެވެ.
ބީއެމްއެލަކީ މިހާރު ވެސް ގެދޮރުގެ މަޝްރޫއުތަކަށް އެންމެ ގިނަ ލޯނު ދޫކުރާ ބޭންކެވެ. ރާއްޖޭގައި ހިންގާ ބޭރުގެ ބޮޑެތި ބޭންކްތަކުން ގެދޮރު ގަތުން ފަދަ ކަންކަމަށް ލޯނެއް ދުލެއް ނުކުރެ އެވެ. އެ ބޭންކްތަކުން ބޮޑަށް އިންވެސްޓްކުރަނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ދާއިރާއަށެވެ.
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ކަސްޓަމަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ބީއެމްއެލްއަށް އޮޅިގެން ފައިސާ އިތުރަށް ޖަމާވެއްޖެ