03 އޮކްޓޯބަރ 2019
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ޓެރަރިޒަމްގެ ގާނޫނު ބޭނުން ގޮތަކަށް މާނަކޮށް، އިލްމުވެރިންނާ ދޭތެރޭގައި ނުހައްގުން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެއްވައިފި އެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ޓެރަރިޒަމްގެ ގާނޫނު ބޭނުން ގޮތަކަށް މާނަކޮށް، އިލްމުވެރިންނާ ދޭތެރޭގައި ނުހައްގުން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެއްވައިފި އެވެ.
ޓެރަރިޒަމްގެ ގާނޫނު ބޭނުން ގޮތަކަށް މާނަކޮށް، ދީނީ އިލްމު ފަތުރާ އިލްމުވެރިންނަށް ނުރައްކާ އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ އެކު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް އެކަށީގެން ނުވާ ބާރުތަކެއް އެ ގާނޫނުން ލިބިދީފައި ނުވާ ކަމަށެވެ. އެ ގާނޫނުން ފުލުހުންނަށް ދިނީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވެފައިވާ ޓެރަރިޒަމް ހުއްޓުވަން އެކަށީގެންވާ މިންވަރުގެ ބާރުތަކެއް ކަމަށް ވިދާޅުވި އެވެ.
"ގާނޫނުން ލިބިދީފައިވާ ބާރު ހެޔޮގޮތުގައި ބޭނުން ކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ފަރާތުން އަޅުގަނޑު އަރުވަން،" އިމްރާން ވިދާޅުވި އެވެ.
"ޓެރަރިޒަމްގެ ހަގީގީ އަމަލަކާ ގުޅުން ހުރި ބައެއްގެ މައްޗަށް އެކަނި ނޫނީ ފިޔަވަޅު އަޅާކަށް ގާނޫނުން ޖާގައެއް ނުދޭ."
ޓެރަރިސްޓުންގެ ލޯތައް ރާއްޖެ އަށް އަމާޒުވެފައިވާ ކަމުގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ 2017 ގައި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ބަންދުކުރި މައްސަލަ އެވެ. އޭނާ ބަންދުކުރީ ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި އޭނާގެ ސަބަބުން މުޖުތަމައު އަށް ނުރައްކާ އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ލަންކާގައި ބޮން ގޮއްވާލައި ދިން ޓެރަރިޒަމްގެ ހަމަލާ އަކީ ރާއްޖެ އަށް ނުރައްކާ ބޮޑުވި ކަމެކެވެ. ޓެރަރިޒަމްގެ ގާނޫނަކީ އެކަމަށް ކުރި މަޝްވަރާކޮށް ފެނުނު އެންމެ ރަނގަޅު ހައްލު ކަމަށް އިމްރާން ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ގާނޫނުން ފުލުހުންނަށް ދީފައިވާ ބާރުގެ ނާޖާއިޒު ފައިދާއެއް ނުނަގާނެ ކަމަށެވެ. ގާނޫނުން ފުލުހުންނަށް މިހާރު ލިބިދީފައި ވަނީ ތަހުޒީބު މުޖުތަމައުތަކުގައި ފުލުހުންނަށް ލިބިދޭ ބާރުތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއަށް ވުރެ އިތުރު ބާރުތަކެއް ލިބިދީފައެއް ނުވޭ،" ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފަހުން ބާރުތައް ދިނީ ފުލުހުން ޒިންމާދާރުކުރުވައި ޖަވާބުދާރީ ވެސް ކުރެވޭ ގޮތަށެވެ.
އެ ބިލްގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމާއި ބަލައި ފާސްކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭނެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައިވެ އެވެ.
"ކްރިޕްޓޯ ކަރަންސީން ޓެރަރިޒަމަށް ފަންޑުކުރޭ"
ޔާސިރު، އަލްގައިދާގައި އިސް ދައުރެއް އަދާކުރި:ސަރުކާރު
މޮނިކަން އަމުރު ނެރެ، ޓެގް އެޅުވީ އެއް އަހަރަށް
"ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒް ފައިދާއެއް ނުނަގާނަަން"
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ޑްރަގް މައްސަލަތަކުގެ ފައިދާ ސިޔާސީ މީހުން ނަގާ