30 ސެޕްޓެމްބަރ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން މަސައްކަތް ނުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް އިންޒާރު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން މަސައްކަތް ނުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް އިންޒާރު ދެއްވައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ "މިވެނި ކަމެއް ވާންޖެހޭނެ" ކަމަށް ސަރުކާރުގެ މިނިސްޓްރީތަކަށް އެންގީމަ، "ބޮނޑު ނަގުލަށް ފިތާލައިގެން ތިބުން" އެއީ މަޖިލިހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ އަށް އިޝާރާތް ކުރައްވައި އަނދުން ހުސެއިން ވިދާޅުވީ އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން މަގުމަތިވި އިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ކުޅިބަލަން ކަމަށާއި އަނެއް ބަޔަކު ތިބީ އަތް ޖަހަން ކަމަށެވެ.
"ފަނަރަ ދުވަސް ވެގެން ދަނީ އަދި ތަން ސާފުކޮށް ނުނިމޭ،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މާލޭގައި ހުރި ގުދަންތައް ބަދަލުކުރަން ސަރުކާރުން ވަކި މުއްދަތެއް ދީފައި އޮއްވައި އެކަން ނުވާ ނަމަ، އެ "ތަންތަނުގައި ތިބޭނެ ކަމެއް ނެތް" ކަމަށެވެ. އަދި ކަންކަން ނުވާ "ކަމާ ބެހޭ މީހުން ގޮސް ތިބެންވީ ގޭގައި" ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
"ހެޔޮވަރު ބޯހިޔާވަހިކަމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ވިދާޅުވީމަ އެކަން ހިނގަން ޖެހޭ. އެކަން ނުކުރެވޭ މިނިސްޓަރު ވެސް ދާންވީ ގެއަށް،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ކޯލިޝަން ސަރުކާރެއްގެ ގޮތުގައި އޮތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ޖައްސަން އެހެން ޕާޓީތަކުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ހުސެއިން ގޮވައިލެއްވި އެވެ.
"މިކަން ކުރެވޭނެ ކަމަށް ހިތައި އުޅުމަކީ ފޫނެތް ފަޔަށް ފެން ފުރުން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި ކޯލިޝަންގެ އެހެން ޕާޓީތަކަށް ހިއްސާގެ ގޮތުގައި ދީފައި އޮތީ އެކަށީގެން ނުވާ ބޮޑު އަދަދެކެވެ. އެހެންވެ، އެމްޑީޕީ ފިޔަވައި ސިޔާސީ އެހެން ޕާޓީތަކަށް ދީފައި އޮތް ހިއްސާއާ މެދު ގޮތެއް ނިންމައިދިނުމަށް ރައީސަށް މަޝްވަރާ އެރުވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިންގެ ވާހަކަ ނިންމަވާލެއްވީ ކޯލިޝަން ޕާޓީތަކުގެ ވެރިން ފަހަތަށް ޖެހިވަޑައިގަތުމަށާއި "އިމުގައި" ތިއްބެވުމަށް ނަސޭހަތްތެރިވަމުންނެވެ.
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ފިޝަރީޒް މިނިސްޓަރު އިސްތިއުފާ ދެއްވާ: މެމްބަރު ޝަހީމް
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
"ކޯލިޝަންގެ މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ފެންނާނެ"
ކޯލިޝަން މަޝްވަރާއަށް ރައީސްގެ ސިޓީއެއް ޕާޓީތަކަށް