28 ސެޕްޓެމްބަރ 2019
ރާއްޖޭގެ އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިންޓަނެޓްގެ ތެރެއިން އެ މީހުންގެ މަސަައްކަތްތައް ބައެއް މީހުން ފޭރިގަތުމެވެ. އަމިއްލަ އަށް އެތައް މަސައްކަތަކުން ކުރަހާފައި ހުންނަ ކެރުހުންތައް ބައެއް މީހުން މާ ބޮޑު ކަމަކަށް ނަހަދައި އަމިއްލަކޮށްލާ އިރު، މި އަރައި ގަނެވެނީ މީހެއްގެ ކިހާ ބޮޑު ހައްގަކަށް ނޭނގޭ ނަމަ މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
ރާއްޖޭގެ އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިންޓަނެޓްގެ ތެރެއިން އެ މީހުންގެ މަސަައްކަތްތައް ބައެއް މީހުން ފޭރިގަތުމެވެ. އަމިއްލަ އަށް އެތައް މަސައްކަތަކުން ކުރަހާފައި ހުންނަ ކެރުހުންތައް ބައެއް މީހުން މާ ބޮޑު ކަމަކަށް ނަހަދައި އަމިއްލަކޮށްލާ އިރު، މި އަރައި ގަނެވެނީ މީހެއްގެ ކިހާ ބޮޑު ހައްގަކަށް ނޭނގޭ ނަމަ މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
ޑިޖިޓަލް އާޓްސް އަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އަލީ ޝިމްހާގަކީ ފާއިތުވި ހަތް އަހަރު ވަރަށް ގިނަ ކުރެހުންތައް ކުރަހާފައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ދޫކޮށްލާފައިވާ ފަންނާނެކެވެ.
އެގޮތުން ޑިޖިޓަލްް ކެމިސްޓް އާޓްސްގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖާއި އަމިއްލަ ނަމުގައި އިންނަ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް އޭނާގެ ކުރެހުންތައް މިހާރު ދިވެހިންނަކަށް އަލެއް ނުވާނެ އެވެ. ޝިމްހާގް އެންމެ ހާއްސަ ކަމަކީ އޭނާގެ ކުރެހުންތަކުން އާންމުކޮށް ޖަނާވަރާއި މަސްމަހާ މެހި ކަހަލަ އެއްޗެހީގެ މަންޒަރުތައް ދައްކައިދިނުމެވެ.
އާރޮންކާޓާ އިންސްޓަގައި ޝިމްހާގްގެ ކުރެހުން ހިއްސާކޮށާްފައި.
އެގޮތުން 2014 ގައި އޭނާ ކުރެހި ސިންގާއެއްގެ ކުރެހުން ބޭރުގެ ފަންނާނަކު މިހާރު ދަނީ އެއީ އޭނާގެ އަމިއްލަ އެއްޗަކަށް ހަދައި، އެ ބޭނުން ކުރަމުންނެވެ. އެއީ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް، ބެކް ސްޓްރީޓް ބޯއިސްގެ މެމްބަރު ނިކް ކާޓާގެ ކޮއްކޮ އާރޮން ކާޓާ އެވެ. ޝިމްހާގްގެ ސިންގާގެ ކުރެހުން އޭނާގެ އެއްޗެއް ކަމަށް ބުނެ އާރޮންކާޓާގެ ނަމުގައި ހިންގާ އިންސްޓަގްރާމްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.
މިއީ ޝިމްހާގުގެ އުފެއްދުން ބޭރު މީހަކު އަމިއްލަކޮށްލައިގެން އުޅޭކަން ދިވެހިންނަށް ވެސް އެނގުނު ގޮތެވެ.
މިއާ އެކު ޝިމްހާގް ފޮލޯކުރާ ވަރަށް ގިނަ ބަޔަކު ވަނީ އެހެން މީހެއްގެ ކުރެހުމެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ އެ ފޮޓޯ އަށް ކޮމެންޓްކޮށް ކާޓާ އަށް ބަވައިފަ އެވެ.
ޝީމްހާގެ ޕޯސްޓް.
މިކަމާ ބެހޭ ގޮތުން ޝިމްހާގް ބުނީ އޭނާގެ ކުރެހުމެއް އާރޮން ބޭނުންކުރާކަން އެނގުނީ ޓްވިޓާގައި އެ ވާހަކަ ފޮލޯވަރަކު ހިއްސާކުރުމުން ކަމަށެވެ.
"އެއީ ތިމަންނަގެ ކުރެހުމެއް ކަމަށް ބުނެ ދައުވާ ކުރިޔަސް އެއީ މީގެ ފަސް އަހަރު ކުރިން އަހަރެން ކުރަހާފައި އިން އެއްޗެއް،" ޝިމްހާގް ބުންޏެވެ.
"އެ ބޭނުން ކުރުމުގެ ހުއްދައެއް އެއްވެސް ގޮތަކަށް އެއްވެސް މީހަކަށް ދީފައެއް ނުވާނެ."
Who are you? I didnt even know who you were until yesterday. You're not big time 'bro'. You cant just google search and take something, touch it up and claim it as your own. Atleast own up now that you're being called out. The actual artist has reached out to you? @aaroncarter https://t.co/DKcErYkjBh
— Shimhaq (@shimhaq) September 28, 2019
އޭނާ ބުނިގޮތުގައި މި މައްސަލާގައި ނިކްއާ މުއާމަލާތްކުރި ނަމަވެސް އާރޮން ހުރީ ދޫދޭ ގޮތަކަށް ނޫނެކެވެ. އެކަމަކު އެހެން މީހުން ކޮށްފައި ހުންނަ މިފަދަ މަސައްކަތްތަކުގެ ނާޖާއީޒު ފައިދާ އެހެން ބަޔަކު ނެގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ދިވެހި ކުރެހުންތެރިޔާ ބުންޏެވެ.
"އަހަރެން މިކަމާ ޝަކުވާކުރީމަ އޭނަ މިހާރު ބުނަނީ ތިމަންނަ ގަނެފައި އިން އެއްޗެކޭ އެއީ. އެކަމަކު އަހަރެން އެއްވެސް މީހަކަށް އެ ކުރެހުން ވިއްކައެއް ނުލަން. އަދި ބޭނުން ކުރުމުގެ ހުއްދައެއް ވެސް ނުދެން،" ބައޮމެޑިކަލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝިމްހާގް ބުންޏެވެ.
Blatantly stolen! ? https://t.co/zpRGfB7laN
— Shimhaq (@shimhaq) September 27, 2019
އޭނާ ބުނީ ކުރެހުންތައް "ފޭރިގަންނަ" މައްސަލައަކީ އާ ކަމެއް ނޫން ކަމަށެވެ.
"މިއީ އަލަކަށް ދިމާވި ކަމެއް ވެސް ނޫން. ވަރަށް ގިނައިން އެބަހުރި އެކިއެކި މިސްމީހުން އެކި ގޮތްގޮތަށް އަހަރެންގެ މަސައްކަތްތައް ބޭނުންކޮށްފައި. އެކަހަލަ ކޭސްތަކުގައި ވާހަކަ ދެއްކީމަ ބައެއް މީހުން އެކަން ގަބޫލުކޮށް، އަހަންނަށް ލިބެންވާ ކްރެޑިޓް ދީފައި ވެސް އެބަހުރި،" ޝިމްހާގް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ކުރެހުމެއް ބަޔަކު ބޭނުންވާ ނަމަ އެ ހޯދުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ.
"ވާހަކަ ދައްކައިގެން ދެ ފަރާތަށް ވެސް އެއްބަސްވެވޭ ގޮތަކަށް މިކަހަލަ ކަންކަން ކުރިއަށް ގެންދެވިދާނެ. އެކަމަކު އަންގާ ވެސް ނުލައި މީސްމީހުންގެ މަސައްކަތްތަކުން ނާޖާއިޒު ފައިދާ ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
"އަހަރެން އަބަދުވެސް މަރުހަބާ ކިޔާނަން އަހަރެންގެ އާޓް ޕީސްއެއް ބޭނުންވެގެން އެކަމަށް އެދޭ މީހުންނަށް."
އާރޮން އެންމެ ފަހުން ކުރި ޓްވީޓެއްގައި ބުނީ "އެއީ އަހަރެން ގެނެފައިވާ އެއްޗެއް ކަމަށާއި އެއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެ"ވެ.
އޭގެ ރައްދުގައި ޝިމްހާގު ބުނީ، އެއީ އޭނާގެ އަމިއްލަ ކުރެހުމެއް ކަމަށާއި އެއަށް ބަދަލުގެނައުމުގެ އެއްވެސް ހައްގެއް އެހެން މީހަކަށް ނޯންނާނެ ކަމަށެވެ.
އާޓިސްޓުންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ: ޔުމްނާ
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް
އާރޮން ކާޓާ އަށް ކުރާ ދައުވާ ކާމިޔާބުކުރެވޭނެ: ވަކީލުން
އާރޮން ކާޓާ "ވަގަށް ނެގި" ކުރެހުން ޑިލީޓްކޮށްފި
ކޮޕީރައިޓް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި
ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން މުބާރާތެއް
އޭއައިގެ މައްސަލާގައި މިއުޒިކް ލޭބަލްތަކުން ދައުވާކުރަނީ
އިންޓަނޭޝަނަލް އާޓްސް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ
ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް