24 ސެޕްޓެމްބަރ 2019
ނޭޕާލުގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބޫޓާނާ 0-0 އެއްވަރުކޮށް ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބޫޓާނާ 0-0 އެއްވަރުކޮށް ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
މީގެ ކުރިން 2015 އާއި 2017 ވަނަ އަހަރު މި މުބާރާތުގައި ވާދަކޮށް ރާއްޖެ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ. މި ފަހަރު ރާއްޖެ ތިން ޓީމުގެ ގްރޫޕުގައި ހިމެނުނުއިރު، ސެމީ އަށް ދިޔައީ ދެ މެޗު ވެސް އެއްވަރުކޮށްގެންނެވެ. މި ގްރޫޕްގެ އެއް ވަނަ ދިޔައީ އެންމެ ފަހުގެ ޗެމްޕިއަންގެ މައްޗަށް ކުރިހޯދި ބޫޓާން އެވެ. ރާއްޖެ ދިޔައީ ދެ ވަނަ އެވެ.
ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި މި ފަހަރު ރާއްޖޭން މި މުބާރާތަށް ކަނޑައެޅި ފުރަތަމަ ޓާގެޓް މި މެޗުގެ ނަތީޖާއާ އެކު ހާސިލްވީ އެވެ. މީގެ ކުރިން އުމުރުފުރާ ޓީމެއް މުބާރާތަކަށް ތައްޔާރުނުވާހާ ރަނގަޅަށް މި ފަހަރުގެ މުބާރާތަށް ރާއްޖޭން ތައްޔާރުވި އެވެ. މުބާރާތުގެ ކުރިން ގަތަރުގައި ޓްރެއިނިން ކޭމްޕެއް ޖެހިއިރު، މާލޭގައި ތިން މަހެއްހާ ދުވަހު ފަރިތަކޮށް ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅުނެވެ.
ނޭޕާލުގެ ކަތުމަންޑޫގެ އޭޕީއެފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އަހުސަމް މޫސާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނަ ބަދަލުކުރި އެވެ. ބޫޓާނުގެ ޑިފެންޑަރުން ކައިރިން ރާއްޖެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އާއި އަހުމަދު ހުސާމް އެޓޭކް ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މާ ރަނގަޅު ހަމަލާތަކެއް ތަނަވަސްނުކުރެވުނެވެ.
މި މެޗުގައި ބޫޓާނުން ވެސް ކޮންމެވެސް ވަރަކަށް އެޓޭކްކުރި ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ބޫޓާނުން ފޮނުވާލި ބައެއް ހަމަލާތައް ރާއްޖޭގެ ކީޕަރު ހަސަން އަލީފް ވަނީ ހުއްޓުވައިފަ އެވެ.
ދެކުނު އޭޝިއާގެ އެންމެ ބަލިކަށި ޓީމުގެ ގޮތުގައި އޮތް ބޫޓާނުން ވަނީ ފަހަކަށް އައިސް އެ ޓީމުގެ އުމުރުފުރާ ޓީމުތައް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ނަތީޖާ އަކަށްވީ ފަހަކަށް އައިސް ބޫޓާނުގެ އުމުރުފުރާ ޓީމުތަކުން ނެރެމުން އަންނަ ނަތީޖާތައް ރަނގަޅުވުމެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިއާ އާއި ލަންކާ ބައްދަލުކުރާ މެޗަށް ފަހު އެވެ. އެ މެޗުން އިންޑިއާ 3-0 އަށް ވުރެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެނަމަ ސެމީގައި ބައްދަލުކުރާނީ ރާއްޖެ އެވެ. އަނެއް ސެމީގައި ކުޅޭނީ ބޫޓާނާއި ބަންގްލަދޭޝް އެވެ. ސެމީ މެޗުތައް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލައި ނޭޕާލް ސެމީއަށް
އަމިއްލަ ބާރު އޮތުމުން ސެމީގެ އުންމީދު ބޮޑު: ޝާކިއްޓޭ
ރާއްޖެ މޮޅުވާން ދަނިކޮށް ޕާކިސްތާނުން ހުއްޓުވައިފި
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް
ފަހު މިނިޓުގައި ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ފައިނަލާ ގާތަށް
ޒުވާން ޓީމު ސާފަށް ފުރީ ފައިނަލް ކުޅުމުގެ އުއްމީދުގައި
ޖޫނިއާ ސާފް ޗެމްޕިއަންޝިޕް ފަށަނީ ރާއްޖެ އާއި ނޭޕާލް
ރާއްޖެ އާއި ނޭޕާލް އޮޓޮމެޓިކުން ސެމީ އަށް
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު