Roadha Mihaaru
ރާއްޖެ އާއި ނޭޕާލް އޮޓޮމެޓިކުން ސެމީ އަށް

ރާއްޖެ އާއި ނޭޕާލް އޮޓޮމެޓިކުން ސެމީ އަށް

07 ސެޕްޓެމްބަރ 2017

ބޫޓާނުގައި މި މަހު 18-27 އަށް ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ސްރީ ލަންކާ ވަކިވުމާ އެކު ގްރޫޕް ބީ އިން ދިވެހިރާއްޖެ އާއި ނޭޕާލް އޮޓޮމެޓިކުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޫޓާނުގައި މި މަހު 18-27 އަށް ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ސްރީ ލަންކާ ވަކިވުމާ އެކު ގްރޫޕް ބީ އިން ދިވެހިރާއްޖެ އާއި ނޭޕާލް އޮޓޮމެޓިކުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރާއްޖެ އާއި ނޭޕާލާ އެކު ލަންކާ މި ގްރޫޕުގައި އޮތުމުން ކުރިން ރޭވިފައި އޮތީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ލަންކާ ވަކިވުމާ އެކު މި ގްރޫޕުގައި ދެން އޮންނާނީ ގްރޫޕުގެ އެއް ވަނަ ކަށަވަރުކުރުމަށް ރާއްޖެ އާއި ނޭޕާލް މި މަހުގެ 23 ގައި ކުޅޭ މެޗު އެކަންޏެވެ.

ލަންކާ ވާދަކުރި ނަމަވެސް ގްރޫޕް ބީ އިން ޗެމްޕިއަން ނޭޕާލާ އެކު ރާއްޖެ ސެމީ ފައިނަލަށް ދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އަދި އިންޑިއާ އެވެ.

މީގެ ދެ އަހަރު ކުރިން ބާއްވަމް ފެށި މުބާރާތުގައި 2015 ވަނަ އަހަރު ރާއްޖެ ލައްވާލީ އިންޑިއާ އާއި އަފްގާނިސްތާނާ އެކު ގްރޫޕް އޭ ގަ އެވެ. އެ ފަހަރު އަފްގާނިސްތާން އަތުން 3-1 އިން އަދި އިންޑިއާ އަތުން 3-0 އިން ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.