Roadha Mihaaru
ނަކަލުކުރުމެއް ނޫން، ހިތްވަރުހޯދުން

ނަކަލުކުރުމެއް ނޫން، ހިތްވަރުހޯދުން

24 ސެޕްޓެމްބަރ 2019

މައިކްރޮސޮފްޓް ސާފަސް ޕްރޮ ޓެބްލެޓްތައް އަގު ހެޔޮ ކަމަށް އެކަކު ވެސް ނުބުނާނެ އެވެ. ސާފަސް ޕްރޮ ޓެބްލެޓްތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށްޓައި އަދި އިތުރު ސާމާނުތަކެއް ވެސް ގަންނަން ޖެހެ އެވެ. އޭގެ ތެރޭގައި "ޓައިޕް ކަވާ" ކީބޯޑް އަދި "ސާފަސް ޕެން" ވެސް ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް ސާފަސް ޕްރޮ ޓެބްލެޓްތައް އަގު ހެޔޮ ކަމަށް އެކަކު ވެސް ނުބުނާނެ އެވެ. ސާފަސް ޕްރޮ ޓެބްލެޓްތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށްޓައި އަދި އިތުރު ސާމާނުތަކެއް ވެސް ގަންނަން ޖެހެ އެވެ. އޭގެ ތެރޭގައި "ޓައިޕް ކަވާ" ކީބޯޑް އަދި "ސާފަސް ޕެން" ވެސް ހިމެނެ އެވެ.

ސާފަސް ޕެން އަކީ ޓެކް މަސްރަހަށް އާ އާލާތެއް ނޫނެވެ. މިއީ ސެމްސަންގް ގެލަކްސީ "އެސް ޕެން" އަދި "އެޕަލް ޕެންސިލް" ކަހަލަ އާލާތެކެވެ. މިއީ ދާދި އެއް މާނައެއް ދޭހަވާ އަދި އެއް ބޭނުމެއް ކުރެވޭ އާލާތްތަކެއް ނަމަވެސް، އެ ބައެއްގެ އަމިއްލަ ސިފަތައް، އެއިން ކޮންމެ ބައެއްގެ ޑިވައިސްގައި ވެސް ޖައްސާފައި ހުރެ އެވެ.

ސެމްސަންގް ގެލަކްސީ އެސް ޕެން ވަނީ މިހާރު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. ގެލަކްސީ ނޯޓް 10 އާ އެކުގައި ނެރުނު އެސް ޕެން އަށް ދީފައި ހުރި ބާރުތަކުގެ ތެރޭގައި، ފޯނާ އިންވެގެން އޮންނައިރު، ވަޔަލެސްކޮށް ޗާޖުކުރެވުން ހިމެނެ އެވެ. މިއީ އެޕަލް ޕެންސިލްގައި ވެސް ގާއިމުކޮށްފައި ހުރި ސިފައެކެވެ.

މައިކްރޮސޮފްޓް ސާފަސް ޕެންގެ މިއަދުގެ ހާލާތަށް ބަލާއިރު، ޗާޖްކުރުމަށްޓަކައި އަދި ބޭނުންކުރަންޖެހެނީ ބެޓެރީ އެވެ. މިއީ އަހަރެމެން ގޭބިސީތަކުގައި ގެންގުޅޭ ޓީވީ ރިމޯޓަށް ލައްވާ ޒާތުގެ އެކަމަކު އެ އަށް ވުރެ 43 ޕަސެންޓް ލުއި، 40 ޕަސެންޓް ކުޑަ އަދި 20 ޕަސެންޓް ހިމަ ބެޓެރީއެކެވެ. ސާފަސް ޕެން އަށް ބެޓެރީ ލައްވަން ޖެހުނަސް، އެއީ އެހާ އަވަސް އަވަހަށް ކުރަންޖެހޭ ކަމެއް ނޫނެވެ.

މައިކްރޮސޮފްޓުން ބައެއްގެ ޓެކްނޮލޮޖީ ކޮޕީކުރަން އުޅޭ ވާހަކައެއް އަދި ނުބުނަމެވެ. ނަމަވެސް އަންނަ އޮކްޓޯބަރު ދެ ވަނަ ދުވަހު ބާއްވަން އުޅޭ، މައިކްރޮސޮފްޓް "ހާޑްވެއާ އިވެންޓް" ގައި ވަޔަލެސްކޮށް ޗާޖުކުރެވޭ ސާފަސް ޕެންއެއް ދައްކާލާނެ ކަމަށް އެބަ ބުނެވެ އެވެ. މިކަން މި ބުނި ގޮތަށް ހިނގައިފި ނަމަ، ބަޔަކު ކުރިން ބޭނުންކުރަމުން އައި ޓެކްނޮލޮޖީއެއް، މައިކްރޮސޮފްޓަށް ވެސް ބޭނުންހިފަން ފެށުނީ އެވެ. ހަމަ ގައިމު ވެސް، ސާފަސް ޕްރޮ ޓެބްލެޓްތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު ލުޔަކަށް އަދި ފަސޭހައަކަށް ވާނެ އެވެ. އެއްބައެއްގެ ކިބައިން އަނެއް ބަޔަކު ހިތްވަރުހޯދުމަކީ މި އެވެ.