22 ސެޕްޓެމްބަރ 2019
އެފްރިކާގެ އެންމެ އުސް އިމާރާތް އަންނަ މަހު ހުޅުވަން ނިންމައިފި އެވެ. ދެކުނު އެފްރިކާގެ ސޭންޑްޓަންގައި ބިނާކޮށްފައިވާ 55 ބުރީގެ މި އިމާރާތުގެ އުސްމިނުގައި ހުންނަނީ 234 މީޓަރު (768 ފޫޓް) އެވެ. "ލިއޮނާޑޯ" ގެ ނަމުގައި މި އިމާރާތް ތަރައްގީކޮށްފައި ވަނީ ދެކުނު އެފްރިކާގެ ލެގަސީ ގްރޫޕާއި ނެޑްބޭންކް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. މަތީ ފެންވަރުގެ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ހަދާފައިވާ އިމާރާތުގައި އޮފީސްތަކާއި މޯލްތަކާއި ރެސްޓޯރަންޓާއި ޖިމާއި ހާބް ގާޑަން އާއި 254 އެޕާޓްމަންޓް ވެސް ހިމެނޭނެ އެވެ. އެގޮތުން އެތަނުގައި ތިން ފްލޯގެ ޕެންޓްހައުސްތައް ވެސް ހުންނާނެ އެވެ.

ތިން ބިލިއަން ރޭންޑް (203 މިލިއަން ޑޮލަރު)ގެ "ލިއޮނާޑޯ" ފަރުމާކޮށްފައި ވަނީ ޖޮހެނެސްބާގްގެ ކޯ-އާކް އިންޓަނޭޝަނަލް އާކިޓެކްޓްސްއިންނެވެ. "ލިއޮނާޑޯ" ގެ ޖެނެރެލް މެނޭޖަރު އެޑްރިއަން ލޭންޑްރީ ވިދާޅުވީ އެތަނުގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމުގެ އިރުރަށް ވިއްކަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޕާޓްމަންޓްތައް ގަންނަން ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް އެޕާޓްމަންޓްތައް ވިއްކާގެ ސީދާ އަގެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ގިނަ އެޕާޓްމަންޓްތައް މިހާރު ވިކިފައިވާ ކަމަށްވެ އެވެ.
އެފްރިކާގެ އެންމެ އުސް އިމާރާތުގެ މަސައްކަތުގައި އުޅުނު އަންހެނުންތަކެއް.
އެފްރިކާގެ އެންމެ އުސް އިމާރާތުގެ މަގާމު ލިއޮނާޑޯ ހޯދާ އިރު، މި ވަގުތު ރަސްމީކޮށް ބޭނުން ކުރަމުން އަންނަ އެފްރިކާ ބައްރުގެ އެންމެ އުސް އިމާރަތަކީ ޖޮހެނެސްބާގްގައި ހުންނަ 55 ބުރީގެ ކާލްޓަން ސެންޓަރެވެ. އެތަނުގެ އުސްމިނަކީ 223 މީޓަރު (732 ފޫޓް) އެވެ.
ދެކުނު އެފްރިކާ އިން އެމެރިކާގެ ސަފީރާ ސުވާލުކޮށްފި
އެފްރިކާ އިން ކޮވިޑް ޖެހޭ މީހުން ވަރަށް ބޮޑަށް ދަށަށް
ރާއްޖޭގެ ޑްރަގް މެޕް، 4 ބައްރުން 19 ގައުުމު
ކުޑަކަމުދާ ނަޖިހުން ގައު އުފައްދަނީ
ޖަލަށްދާން ޖެހިދާނެތީ ޖެހިލުމެއް ނުވޭ: ރައީސް ޒޫމާ
އައިސީސީން ވަކިވާ ތިން ވަނަ ގައުމަކަށް ގެމްބިއާ
ދަތި ހާލުގައި އުޅޭ މީހުންނަށް އާސްކީމުން ގެދޮރު ހޯދޭނެ
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!