21 ސެޕްޓެމްބަރ 2016
މެޑްރިޑް (ސެޕްޓެމްބަރު 21) - ބުރުގާ އަޅާތީ ސްޕޭނުގެ ޓްރޭނިން އިންސްޓިޓިއުޓެއްގެ ކްލާސްތަކުގައި ބައިވެރި ކުރަން ދެކޮޅު ހެދި ސްޕޭނުގެ ދަރިވަރު އެންމެ ފަހުން ކާމިޔާބު ހޯދައިފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 21) - ބުރުގާ އަޅާތީ ސްޕޭނުގެ ޓްރޭނިން އިންސްޓިޓިއުޓެއްގެ ކްލާސްތަކުގައި ބައިވެރި ކުރަން ދެކޮޅު ހެދި ސްޕޭނުގެ ދަރިވަރު އެންމެ ފަހުން ކާމިޔާބު ހޯދައިފި އެވެ.
ސްޕޭނުގައި ވެސް ބުރުގާގެ މައްސަލަ ބޮޑު ބަހުސަކަށްވެފައި ވަނިކޮށް ތަކްވާ ރަޖަބު ބުރުގާ އަޅާތީ ކްލާހަށް ވައްދަން ދެކޮޅު ހެދުމުން އޭނާ ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
ބުރުގާ އެޅުން މަނާކުރާ ގާނޫނެއް ސްޕޭނުގައި ނެތެވެ. އަދި މޫނު ބުރުގާ އެޅުން ވެސް ސްޕޭނުގައި މަނަލެއް ނޫނެވެ. ސްޕޭނުގެ 46.5 މިލިއަން މީހުންގެ އާބާދީގައި މުސްލިމުން ތަމްސީލް ކުރަނީ އެންމެ ހަތަރު ޕަސެންޓެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. އެއީ އަހަރެންނަށް ކިޔެވުމުގެ ހައްގު ލިބުމުން،" ސްޕޭނުގެ އިރުމަތީގެެ ސިޓީ ވެލެންސިއާ އަށް ނިސްބަތްވާ ޓިއުނީޝިއާގެ ދެމަފިރިއަކަށް ލިބިފައިވާ 23 އަހަރުގެ ރަޖަބު ބުންޏެވެ.
ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅު ހަދާ ޖަމާއަތެއް ކަމަށްވާ އެސްއޯއެސް ރޭސިސްމީ އިން ރަޖަބުގެ މައްސަލަ ވެލެންސިއާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައީ މި މަހު 8 ވަނަ ދުވަހު އެވެ. އެންމެ ފަހުން ވެލެންސިއާގެ ސަރަހައްދީ ސަރުކާރުން ވަނީ ބުރުގާ އެޅި ނަމަވެސް ކްލާސްތަކަށް ރަޖަބު ވެއްދުމަށް އިންސްޓިއުޓަށް އަންގައިފަ އެވެ. އަދި ބުރުގާ އެޅި ނަމަވެސް ތައުލީމަކީ ކޮންމެ ދަރިވަރެއްގެ ހައްގެއް ކަމަށް ވެސް ނިންމައިފައިވެ އެވެ.
މި މައްސަލަ ހުށަހެޅި ވަކީލް ފްރާންސިސްކޯ ސޮލާންސް ވިދާޅުވީ މިއީ ގާނޫނު އަސާސީ އަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށާއި ޚިޔާލު ފާޅު ކުރުމާއި ދީނީ މިނިވަންކަން އަދި ތައުލީމް އުނގެނުމާއި ޖިންސުގެ ހަމަހަމަކަން ޔަގީން ކުރެވިއްޖެ ކަމަށެވެ. އަދި ސްޕޭނުގެ އެކި ހިސާބުތަކުގައި ވެސް މިބާވަތުގެ މައްސަލަތައް ދިމާވާ ކަމަށާއި އެކަމަކު ބައެއް މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ
މޫނުބުރުގާގައި ސްކޫލަށް ދާން ވަގުތީ އަމުރެއް ނުލިބުނު
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ
ބުރުގާގެ މައްސަލަ ހައި ކޯޓުގެ ބެންޗަކުން ބަލަނީ
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
ހަލީމާ އަލުން މޮޑެލިން އަށް