17 ސެޕްޓެމްބަރ 2019
އައްޑު އާއި ފުވައްމުލަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯ އަށް ހުށަހަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
އައްޑު އާއި ފުވައްމުލަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯ އަށް ހުށަހަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އައްޑު އާއި ފުވައްމުލަކަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯ އަށް ފޮނުވުމުގެ ބޭނުމަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ މޮޑެލްގައި ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭތީ އެވެ.
އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދިރޭ ތަކެތީގެ ބޭނުން ހިފުމަށާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވެސް އެއީ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޮފީހުން ބުންޏެވެ.
ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އެ ދެ ސިޓީ ހަމަޖެހުމުން، ރައީސް އޮފީހުން ބުނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވެގެންދާނެ ކަމަށެވެ.
އައްޑޫ ނޭޗާ ޕާކްގެ ކިޅިއެއްގައި ދޫންޏެއް ޖައްސާފައި: މި ތަނުގައި ޚާއްސަ ދޫނިތަކެއް ދިރިއުޅޭ ---ފޮޓޯ: އަހުމަދު މަހްޒޫމް
ރައީސް އޮފީހުން ބުނިގޮތުގައި އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާނީ ތިން ބަޔަކަށް ސަރަހައްދުތައް ބެހޭ ގޮތަށެވެ. އެއީ ކޯ އޭރިއާ އާއި ބަފަޒޯން އޭރިިއާގެ އިތުރުން މަލްޓި ޔޫޒް އޭރިއާ އެވެ.
ރާއްޖޭގައި ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި އަދި އޮތީ ބ. އަތޮޅެވެ. ޔުނެސްކޯ އިން ވަކި ސަރަހައްދުތަކެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ ދިރުންތަކާއި ތިމާވެށީގެ ހިމާޔަތުގަ އެވެ. އަދި އެއީ ގުދުރަތީ ވަސީލަތްތަކާއި ތިމާވެށި ރައްކާތެރިކޮށްގެން ވެސް ޒަމާނީ ތަރައްގީ ހޯދޭނެކަމުގެ ނަމޫނާ ފެންނަ މޮޑެލްއެކެވެ.
އައްޑު އާއި ފުވައްމުލަކުގައި ގުދުރަތީ ވަރަށް ތަފާތު ހިތްގައިމު ސަރަހައްދުތައް ހިމެނެ އެވެ. އަދި އެ ދެ ސިޓީގެ ބައެއް ތަންތަން މިހާރު ވެސް ގެންދަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންނެވެ.
އައްޑު އާއި ފުވައްމުލައް ބަޔޮސްފިޔާ ރިޒާވަކަށް
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ
އައްޑު އާއި ފުވައްމުލަކަށް އަންނާނީ ކޮން ބަދަލެއް؟
ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ
ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް