25 ޖޫން 2019
ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ބ. އަތޮޅު، 2011 ވަނަ އަހަރު ކަނޑައެޅުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ ނާޒުކު ތިމާވެއްޓެއް އޮތް ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރަން އެޅި މުހިންމު ފިޔަވަޅެކެވެ. ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ އެ އަތޮޅަށާއި ރާއްޖެއަށް އޭގެ ނަފާ މިހާރު ވެސް އަންނަނީ ލިބެމުންނެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ބ. އަތޮޅު، 2011 ވަނަ އަހަރު ކަނޑައެޅުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ ނާޒުކު ތިމާވެއްޓެއް އޮތް ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރަން އެޅި މުހިންމު ފިޔަވަޅެކެވެ. ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ އެ އަތޮޅަށާއި ރާއްޖެއަށް އޭގެ ނަފާ މިހާރު ވެސް އަންނަނީ ލިބެމުންނެވެ.
ގިނަ ރިސޯޓްތަކެއް އޮންނަ ބ. އަތޮޅު، ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަނޑައަޅަން ހުށަހެޅީ އެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ހިމެނޭތީ އެވެ. އޭގެ ތެރެއިން ވެސް އެއީ ގިނަ އަދަދެއްގެ މަންތާ ފެންނަ ސަރަހައްދެކެވެ.
އެ އަތޮޅުގެ ހުރިހާ ރަށްތަކާއި އަތޮޅުތެރޭގައިވާ ހުރިހާ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކާއި ހުރިހާ ފަރަކާއި ފަޅުގެ ސަރަހައްދުތައް އަދި އެ އަތޮޅުގެ ދުނިން ފެށިގެން އެއް ނޯޓިކަލް މޭލުގެ ސަރަހައްދު ހިމެނެނީ ބަޔޯސްފިއާ ރިޒާވްގެ ތެރޭގަ އެވެ.
ޓޫރިސްޓަކު ފެހުރިއްސަކާ އެކު: ބަޔޮސްފިއާ ރިޒާވްތައް ހެދުމުން ބޮޑެތި ފައިދާތަކެއް ލިބޭ --ލިނާޓްރެވަލް
ރާއްޖޭގެ ސަރަހައްދެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިތާ އަށް އަހަރު ފަހުން އަނެއްކާވެސް މިވަނީ އެހެން ސަރަހައްދުތަކެއް އެގޮތަށް ކަނޑައެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އައްޑު އަތޮޅާއި ފުވައްމުލަށް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން މި އަހަރުގެ ސެޕްޓެމްބަރުގައި ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި ކުރިމަގުގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާނެ އެވެ.
"މުސްތަގުބަލުގައި ދިވެހި ރާއްޖެ އޮންނާނީ ނެޓްވޯކެއް ގޮތަށް ބަޔޮސްފިޔާތަކުން ގުޅިފައި،" ޑރ. ހުސައިން ވިދާޅުވި އެވެ.
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ކަނޑައަޅާ ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. އެ ތަންތަން ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކަނޑައަޅާނީ އެތަނުގައި އެކަށީގެންވާ ޝަރުތުތައް ފުރިހަމަ ވެއްޖެ ނަމަ އެވެ.
ތަނެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ހަދަން ބޭނުންވެއްޖެ ނަމަ އެ ކަން ހުށަހަޅާނީ އެ ގައުމެއްގެ ސަރުކާރަކުންނެވެ. ބައޮސްފިއާއެއްގެ ގޮތުގުގައި ކަނޑައެޅުމަށް ފަހު ވެސް އެ ތަންތައް ބަލަހައްޓާނީ އެ ގައުމެއްގެ މައި ސަރުކާރު ނުވަތަ ސްޓޭޓްއަކުންނެވެ.
މީގެ 74 އަހަރު ކުރިން އުފެއްދި ޔުނެސްކޯ އިން "ބައޮސްފިއާ ކޮންފަރެންސް" އެއް އެންމެ ފުރަތަމަ ބޭއްވީ 1968 ގަ އެވެ. ބަޔޮސްފިއާ ރިޒާވްގެ ކޮންސެޕްޓް އުފެދުނީ އެ ހިސާބުންނެވެ. އެއީ ގުދުރަތީ ވަސީލަތްތައް ދަމަހައްޓާނެ ގޮތްތައް ބަލާ، މަޝްވަރާކުރަން ބޭއްވި މިފަދަ ފުރަތަމަ ބައިނަލްއަގްވާމީ ކޮންފަރެންސެވެ.
ބަޔޮސްފިއާ ރިޒާވް އެންމެ ގިނައީ ސްފެއިންގަ އެވެ. އެގައުމުގައި 49 ސަރަހައްދެއް ކަނޑައަޅާފައިވާއިރު ރަޝިއާގައި 42 ސަރަހައްދެއް، އޭގެ ތެރޭގައި ހިމެނެ އެވެ. އަދި މެކްސިކޯގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި 45 ސަރަހައްދެއް ހަމަޖައްސާފައިވެ އެވެ.
ވަކި ސަރަހައްދެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން ކުރާނެ ފައިދާތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާ މެދު މީހުން ހޭލުންތެރިކަން ބޮޑުވެގެން ދިޔުމާއި އެ ސަރަހައްދުގައި ހިންގާ ތަފާތު މަޝްރޫއުތަކަށް ފައިސާގެ އެހީ ލިބުން ފަސޭހަވުން ހިމެނެ އެވެ. އަދި އެ ސަރަހައްދުގައި އިކޯޓޫރިޒަމަށް މަގުފަހިވެ، ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ އެވެ.
މިއީ ރާއްޖެ ފަދަ ޓޫރިސްޓު މަންޒިލަކަށް އޮތް ބޮޑު ފައިދާއެކެވެ. އަދި ލޯކަލް ޓޫރިޒަމް ބާރަށް ފުޅާވެގެން ދާއިރު މިއީ ނަފާ ހޯދޭނެ އިތުރު ވަސީލަތެއް ވެސް މެ އެވެ.
ޓޫރިސްޓަކު ފީނަނީ: އިތުރު ބަޔޮސްފިއާ ރިޒާވްތަކެއް ކަނޑައަޅަން ވަނީ ނިންމާފައި-- ފޮޓޯ: އަމިއްލަ ޑައިވް
މިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާއިރު ބައެއް މިނިސްޓްރީތަކުގެ އެއްބާރުލުމެއް ނުލިބެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ބަޔޮސްފިއާ ރިޒާވްގެ ޕްރޮޖެކްޓް ހިންގަން ފިޝަރީޒް މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުން އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"މޯލްޑިވްސް އިޒް ބަޔޮސްފިއާ ރިވާޒް ކުރިއަށް ނުދިޔައީ ފިޝަރީޒް މިނިސްޓްރީގެ ސަބަބުންނޭ ފާޅުގައި ކެރިގެން ދަންނަވާލަން ބޭނުން،" މިދިޔަ ސަރުކާރުގައި ދިމާވި ގޮންޖެހުންތައް ހިއްސާ ކުރައްވަމުން، ކުރީގެ ތިމާވެށީގެ ވަޒީރުންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވި އެވެ.
ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ތިމާވެށީގެ ވަޒީރުކަން ކުރެއްވި ޑރ. މަރިޔަމް ޝަކީލާ ވިދާޅުވި ގޮތުގައި ބަޔޮސްފިޔާ ރިޒާވަކަށް މުޅި ރާއްޖެ ބަދަލު ކުރެވިއްޖެ ނަމަ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލު ވެގެން ދާނެ އެވެ. އެގޮތުން މުޅި ރާއްޖެއަށް ޕްލޭން ކޮށްގެން ބަޔޮސްފިއާ ރިވާޒެއް ކަނޑައަޅަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ތިމާވެށީގެ ކަންކަމަށް އާ ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަކުން ވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އެހެންކަމުން ބަޔޮސްފިއާ ރިޒާވް ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަނެއްކާވެސް ރާއްޖެ މިސްރާބު ޖަހާފައި މިވަނީ ބޮޑު ކަމެއް ހާސިލްކުރުމާ ދިމާލަށެވެ. މުޅި ރާއްޖެ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިއްޖެ ނަމަ އެއީ މި ނާޒުކު ތިމާވެއްޓަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އަދި އެކަން ވާނީ މުޅި ދުނިޔެއަށް ވެސް ނަމޫނާއަކަށެވެ.
އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ
އައްޑު އާއި ފުވައްމުލަކަށް އަންނާނީ ކޮން ބަދަލެއް؟
އައްޑު އާއި ފުވައްމުލައް ބަޔޮސްފިޔާ ރިޒާވަކަށް
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އައްޑޫގައި ކުނިން ހަކަތަ އުފައްދަން ލޯނު ހަމަޖެހިއްޖެ
ކުނިން ހަކަތަ އުފައްދާ މަޝްރޫއު އައްޑޫގައި ފަށަން ތައްޔާރު
އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ
އައްޑޫ/ފުވައްމުލަކުގެ ކުނި މެނޭޖްކުރުން ކޮރެއާ ބަޔަކަށް
ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ