Roadha Mihaaru
ހަރުކަށި ވިސްނުމާ ދެކޮޅަށް ކުރާ ހަނގުރާމަ

އޮޅުން ބޮޅުން: ހަރުކަށި ވިސްނުމާ ދެކޮޅަށް ކުރާ ހަނގުރާމަ

18 ސެޕްޓެމްބަރ 2019

ހަރުކަށި ދީނީ ވިސްނުމާ އިދިކޮޅަށް ހަނގުރާމަ ކުރުމަކީ އުނދަގޫ ކަމެކެވެ. ފަހަކަށް އައިސް ރާއްޖޭގައި ކަންތައްތައް ހިނގަމުން ގޮސްފައި އޮތް ގޮތަށް ބަލާ އިރު ރައްކާތެރި ކަމެއް ވެސް ނޫނެވެ. ސަރުކާރުގެ މުހިއްމު ދާއިރާތަކުގައި ވެސް ހަރުކަށި ވިސްނުމުގެ މީހުން ވަނީ ބިންގާ އަޅައިފަ އެވެ. ސަރުކާރާއި ގައުމުގެ ނުފޫޒު ފޯރުވޭ ހިސާބުގައި ތިބި މީހުންގެ ތެރޭގައި އެ ވިސްނުމަށް ތާއީދުކުރާ މީހުން އެބަ ތިއްބެވެ.

ހަރުކަށި ދީނީ ވިސްނުމާ އިދިކޮޅަށް ހަނގުރާމަ ކުރުމަކީ އުނދަގޫ ކަމެކެވެ. ފަހަކަށް އައިސް ރާއްޖޭގައި ކަންތައްތައް ހިނގަމުން ގޮސްފައި އޮތް ގޮތަށް ބަލާ އިރު ރައްކާތެރި ކަމެއް ވެސް ނޫނެވެ. ސަރުކާރުގެ މުހިއްމު ދާއިރާތަކުގައި ވެސް ހަރުކަށި ވިސްނުމުގެ މީހުން ވަނީ ބިންގާ އަޅައިފަ އެވެ. ސަރުކާރާއި ގައުމުގެ ނުފޫޒު ފޯރުވޭ ހިސާބުގައި ތިބި މީހުންގެ ތެރޭގައި އެ ވިސްނުމަށް ތާއީދުކުރާ މީހުން އެބަ ތިއްބެވެ.

ރައްޔިތުންނަށް ނުފޫޒު ފޯރުވޭ ހިސާބުގައި ތިބި ހަރުކަށި ވިސްނުމުގެ މީހުން ހޯދާނީ ކިހިނެއްތޯ އެވެ؟ އެ މީހުން އަމިއްލަ އަށް އެ މީހުންނަކީ ހަރުކަށި ޚިޔާލުގެ މުސްލިމުން ކަމަކަށް ނުދެކެ އެވެ. އެ މީހުން ދެކޭ ގޮތުގައި ހަގީގީ މުސްލިމުންނަކީ އެ މީހުންނެވެ. އެ މީހުން ބުނާ އެއްޗަކީ އިސްލާމް ދީނުގައި އޮންނަ ގޮތެވެ. އެކަމަކާ ބެހޭ ގޮތުން އިސްލާމް ދީނުގެ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި އޮންނަ ކަންކަމުގައި ވިޔަސް އެ މީހުންގެ ނިންމުމަކީ އިސްލާމް ދީނުގައި އޮންނަ ގޮތުގެ ނިންމުމެވެ. އެ މީހުން ބުނާ ގޮތަކާ ދެކޮޅު ހަދާ އިސްލާމީ ޢިލްމުވެރިން އުމުރު ދުވަހަށް ތައުބާވާން ވެސް ގޮވާލަ އެވެ. އަދި އެފަދަ މީހުން މަރުވުމުން ދާނެ ތަނެއް ވެސް ބައެއް މީހުން ބުނެދެ އެވެ. އެހާ ޔަގީންކަމާ އެކު އެފަދަ ކަންތައްތައް އެ މީހުންނަށް އެނގޭ ގޮތެއް ވެސް ނޭނގެ އެވެ.

އެކަމަކު ދީނީ ގޮތުން ހަރުކަށި ވިސްނުމެއް ގެންގުޅޭ ކޮންމެ މީހަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ވެސް ނުވާނެ އެވެ. އަނެކާއަށް ނުފޫޒު ނުފޯރާ، މުޖުތަމައުގެ އާއްމު މިންގަނޑަށް ބަލާ އިރު ނުރައްކަލެއް ނެތް ކަމެއް، ގާނޫނީ، އަދި ޝަރުއީ މިންގަނޑުގެ ތެރެއިން، ތިމާ އަމިއްލަ އަށް ޤަބޫލު ކުރާ ގޮތަކަށް ކުރުމަކީ މައްސަލައަކަށް ނުވާނެ އެވެ. އެކަމުގެ އަސަރު ތިމާ ފިޔަވައި އެހެން އެއްވެސް މީހަކަށް ނުކުރާ ކަމަށް ވަނީ ނަމަ އެވެ.

ހަރުކަށި ވިސްނުން މި ހިސާބަށް ދިއުމުގެ މައިގަނޑު ސަބަބަކީ، ވެރިކަމުގައި ކުރިން އޮތް ސަރުކާރުން ނުވަތަ ސަރުކާރުތަކުން އެކަން ކަމާ މެދު އަޅާ ނުލެވުމެވެ. ވަގުތީ ސިޔާސީ ފައިދާއަކަށް ޓަކަ އެވެ. ރައްޔިތުންނަށް އިސްލާމް ދީނުގެ ރަނގަޅު މަގު ދައްކައިދޭން އޮންނަ ތަނަކަށް، ހަރުކަށި ވިސްނުމުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ގޮތަށް ސަރުކާރުން ކަންތައް ކުރަމުން ގެންދިޔަ އެވެ. ހަރުކަށި ވިސްނުން ފަތުރަން ބޭނުންވާ މީހުން ބޭނުންވާނީ ރައްޔިތުންނާ މުޚާޡަބް ކުރެވޭ ހިސާބުގައި ތިބުމަށެވެ. ރައްޔިތުންނަށް އެމީހުންގެ ބަސްވިކޭ ހިިސާބުގައި ތިބުމަށެވެ. ނޫން ނަމަ ގައުމުގެ ވެރިންނަށް ނުފޫޒު ފޯރުވޭ ބުރު ތެރޭގައި އުޅުމަށެވެ. އެ މީހުންގެ ވިސްނުން ފެތުރުމަށެވެ. ސިޔާސަތު ކަނޑައަޅާ ނިންމާ ހިސާބަށް ދެވިއްޖެ ނަމަ ހުރިހާ ކަމެއް ކަންޓުރޯލް ކުރަން ފަސޭހަ ވާނެތީވެ އެވެ. ސްކޫލުތަކުގެ މައި ދޮރޯށީގެ ތެރެއިން އެތެރެ ވެވިއްޖެ ނަމަ، ޅަފަތުގައި ކުޑަ ކުދިންގެ ސިކުނޑި ދޮވެލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ހަރުކަށި ވިސްނުން ފަތުރަން އުޅޭ މީހުންނަށް އަޅުގަނޑުމެންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ، އެ މީހުންގެ "ފަތުވާ" ދިނުމުގެ ފުރުސަތު ހަނިކުރުމެވެ. އެއީ ނަމާދެއްގެ ފަހުން އޮންނަ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ވިޔަސް އެވެ. ނުވަތަ ނަމާދެއްގެ ކުރިން އޮންނަ އެފަދަ ފުރުސަތަކަށް ވިޔަސް އެވެ. ނުވަތަ ސަރުކާރު ކަންޓުރޯލު ކުރާ މީޑިއާ މެދުވެރިވެގެން ދޭ ފުރުސަތަކަށް ވިޔަސް އެވެ.

ހަރުކަށި ވިސްނުން ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް، ނިންމުން ނިންމޭ ހިސާބުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ މާޒީ އަށް ބަލައިލާ އިރު އެފަދަ ކަމަކަށް ހުރަސް އެޅުއްވުމަށް ވުރެ ބޮޑަށް އަޅާނުލާ ދޫކޮށްލަވަފާނެ ބޭފުޅުންނެވެ. ދުނިޔޭގައި ހަރުކަށި ވިސްނުން ފެތުރުމަށް ހަނގުރާމަ ކުރާ ބައެއް ޖަމާޢަތްތަކާ ގުޅެން ދާ ބައެއް މީހުން، އިސްލާހުކުރެވޭ ނިރުބަވެރި ގާނޫނުގައި ކުށްވެރިންނަށް ވާނެ އެވެ. އަދި ހަރުކަށި އަދަބު ލިބޭނެ އެވެ.

އެއިރެއްގައި އަތުލައިގަނެވޭ ނިރުބަވެރިންނަށް އަދަބު ދީގެން، ރާއްޖޭގައި ފެތުރެމުން ދާ ދީނީ ހަރުކަށި ވިސްނުން ކަންޓްރޯލު ކުރެވިދާނެ ބާވަ އެވެ؟ އަޅުގަނޑުމެން ސަމާލުވާންވީ ކަމަކީ ރާއްޖޭގައި އިސްލާމީ ހަރުކަށި ވިސްނުން ފަތުރަން އުޅޭ މީހުންގެ މައިގަނޑު ލަނޑުދަނޑިއަކަށް ވަނީ ސިޔާސީ ބާރު ހޯދުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިކަމަށް ރަނގަޅަށް މަގު ކޮށިގެން ދިޔަ އެވެ. އެނގިގެންނޭ އަޅުގަނޑު ނުދަންނަވަމެވެ. ނުއެނގިއޭ ވެސް އަޅުގަނޑު ނުދަންނަވާނަމެވެ. މިހާރު ރާއްޖޭގެ ވަރަށް ގިނަ މުހިއްމު މުއައްސަސާތަކުގައި ހަރުކަށި އިސްލާމީ ވިސްނުމުގެ މީހުން އުޅެ އެވެ. މި ވާހަކަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ސިޔާސީ ލީޑަރުން ކުރިން ވެސް ދެއްކެވި އެވެ. އަޅުގަނޑަށް އެ އިރު ވެސް އެ ދެއްކެވި ވާހަކައިގެ ބޮޑު ބައި ކަމުދިޔަ އެވެ. ކަމުނުދިޔައީ ވާހަކަ ދެއްކެވި ތަނެވެ. ކުރީގައި ވެރިކަމުގައި ތިއްބެވި ބައެއް ވެރިން އެ ވާހަކަ ދޮގުކުރެއްވި އެވެ. އެކަމަކު ވެރިކަމުން ދުރުވުމަށް ފަހު، އަވައްޓެރި ގައުމެއްގައި ބޭއްވި ސަރަހައްދީ ބައްދަލު ވުމެއްގައި ތަގުރީރު ކުރައްވަމުން ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ވެސް ހަރުކަށި ވިސްނުން އޮތް ކަމަށް އެއްބަސްވެވަޑައިގަތެވެ. މިކަން މި ގޮތަށް އޮތް ކަން އަޅުގަނޑުމެންނަށް އޮތީ ކުރިން ވެސް ހީކުރެވިފަ އެވެ. ބޭނުންވީ ޔަޤީން ކަމެކެވެ.

ސަރުކާރުގެ މުހިއްމު މުއައްސަސާތަކުގައި ހަރުކަށި ވިސްނުމުގެ މީހުން މުހިއްމު މަގާމުތަކުގައި ތިބުމުން، ކަން ކަން ކުރުމުގައި އެމީހުންނަށް މަގުފަހިކޮށް ދޭނެ އެވެ. އެ މީހުންގެ ހަރުކަށި ޚިޔާލު ފެތުރުމަށް މަގު ތަނަވަސް ކޮށްދޭނެ އެވެ.

ހަރުކަށި ވިސްނުމުގެ މީހުން އަޅުގަނޑުމެން ހޯދާނީ ކިހިނެއްތޯ އެވެ؟ ހޯދަން އުނދަގުލެވެ. އެކަމަކު ހޯދޭނެ ގޮތް އެބަ ހުއްޓެވެ. އިހުލާސްތެރިކަމާ އެކު ބަޔަކު، އެކަން ކޮށްދީގެންނެވެ. ހަރުކަށި ވިސްނުމެއް ގެންގުޅުމަކީ ކުށެއް ނޫނެވެ. އެކަމަކު އެ ވިސްނުމަކީ މުޖުތަމަޢު ޤަބޫލު ނުކުރާ، އަދި ބައިބައި ވުން އުފައްދާ، މުޖުތަމަޢު ހަލާކުކޮށްލާ ފަދަ ވިސްނުމަކަށް ވާ ނަމަ، އެ ވިސްނުން ފަތުރަން މަސައްކަތް ކުރާ މީހުން ގާނޫނީ ގޮތުން ހުއްޓުވެން ވާނެ އެވެ.

ހަރުކަށި ވިސްނުން ފަތުރަން އުޅޭ މީހުންނަށް އަޅުގަނޑުމެންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ، އެ މީހުންގެ "ފަތުވާ" ދިނުމުގެ ފުރުސަތު ހަނިކުރުމެވެ. އެއީ ނަމާދެއްގެ ފަހުން އޮންނަ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ވިޔަސް އެވެ. ނުވަތަ ނަމާދެއްގެ ކުރިން އޮންނަ އެފަދަ ފުރުސަތަކަށް ވިޔަސް އެވެ. ނުވަތަ ސަރުކާރު ކަންޓުރޯލު ކުރާ މީޑިއާ މެދުވެރިވެގެން ދޭ ފުރުސަތަކަށް ވިޔަސް އެވެ. ސަރުކާރުން ކަންކަން ކުރުމަށް ގެންގުޅޭ އާއްމު ސިޔާސަތާ ފުށުއަރާ ގޮތަށް މީސްމީޑިއާގައި ފަތުއަޑުގައި "ފަތުވާ" ނެރޭ މީހުންނަށް ސަރުކާރު މެދުވެރިވެގެން އާއްމު ރައްޔިތުންނާއި މުހާތަބު ކުރުމަށް އެއްވެސް ފުރުސަތެއް ނުދެވެންވީ އެވެ. ހަމަ އެގޮތަށް ސަރުކާރުން އާއްމު ކޮށްފައި، ތަންފީޒު ކުރަމުން ގެންދާ ސިޔާސަތާ އިދިކޮޅަށް މީސް މީޑިއާގައި އަޑު އުފުލާ މީހުންނަށް، އެ އަޑު އެ ގޮތަށް ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް އުފުލުމުގެ ފުރުސަތު ތަނަވަސް ވިޔަނުދެވެވެންވީ އެވެ. މިސާލަކަށް ދަންނަވާ ނަމަ އަންހެނުންގެ ހައްގުތަކާ އިދިކޮޅަށް "ފަތުވާ" ނެރެމުން ދާ މީހުންނެވެ. އެފަދަ މީހުންނަކީ ނަމުގެ ކުރިއަށާއި ފަހަތަށް ބައިވަރު އަކުރުތަކެއް އިތުރުކޮށްގެން އުޅޭ މީހުންނަށް ވިޔަސް އެވެ. ސަރުކާރުން އެ ފުރުސަތު ތަނަވަސްކޮށް ނުދިނަސް، އެފަދަ މީހުންނަށް ގާނޫނާ ޚިލާފް ނުވެ، އަމިއްލަ އަށް ކޮންމެވެސް ގޮތަކުން ފުރުސަތު ހޯދި ދާނެ އެވެ.

ޓެކްސީގައި ދަތުރު ކުރަން މީހަކު އިންދައި، އެ މީހާގެ އިޒްނަޔާ ނުލައި އިތުރު މީހަކު ނުވަތަ މީހުން ޓެކްސީ އަށް އަރުވައިގެން ދަތުރު ކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ކަންޓުރޯލު އޮންނަ ކަމަށް ބެލެވޭ ރޭޑިއޯގެ ޕުރޮގްރާމެއްގައި އެއީ ކޮން ކަހަލަ ކަމެއްތޯ، ޕުރޮގްރާމް ހުށައެޅި އަންހެނަކު، ދީނީ އިލްމުވެރިއަކާ ސުވާލު ކުރި އެވެ. ދީނީ އިލްމުވެރިޔާ ވިދާޅުވީ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ރަސޫލު ޒަމާނުގައި ޖަމަލުގައި ދަތުރު ކުރަމުން ދިޔައިރު ވެސް އިތުރު މީހަކަށް ޖާގަ އޮތް ކަމަށް ވަނީ ނަމަ ޖަމަލަށް އަރުވާ ކަމެވެ. ޖަމަލުގައި ދަތުރު ކުރި މީހާ ދަތުރުކުރީ އަގެއް ދީގެން ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ. އަދި އެމީހާގެ އިޒްނަ ހޯދައިގެންތޯ ނުވަތަ ނޫންތޯ ވެސް ވިދާޅެއް ނުވެ އެވެ. އެ ސުވާލު ކުރިއިރު، ޓެކްސީގައި ފަސިންޖަރަކު އިންދައި އެހެން ފަސިންޖަރަކަށް ފުރުސަތު ދިނުމަކީ މަނާ ކަމެއް ކަމަށް ޓުރާންސްޕޯޓް މިނިސްޓުރީން އިއުލާން ކުރަމުން ދެ އެވެ. ފުރަތަމަ ކަމަކީ ސަރުކާރުގެ މީޑިއާ އިން އެ ޢިލްމުވެރިޔާއާ އެ ސުވާލު ކުރެވިގެން ވެސް ނުވާނެ އެވެ. އެކަމަކު އެހެން ވާނީ ސުވާލު ކުރަން އިން މީހާއަށް އެކަން އެނގޭނެހާ ފެންވަރު ހުރެގެން ނޫންތޯ އެވެ.

ދީނީ ހަރުކަށި ވިސްނުން ހުއްޓުވުމަށް ނުވަތަ ފެތުރުނަ ނުދިނުމަށް ކުރެވޭ "ހަނގުރާމަ" އަކީ ފަސޭހަ ހަނގުރާމައެެއް ނޫނެވެ. ކާމިޔާބު ކުރަން އުނދަގޫ އަދި ގިނަ ހުރަސްތައް ހުރި ހަނގުރާމައެކެވެ.