Roadha Mihaaru
މޭވާ އާއި ތަރުކާރީ ކާންވާނީ ވަރަށް ރަނގަޅަށް ދޮވެގެން

މޭވާ އާއި ތަރުކާރީ ކާންވާނީ ވަރަށް ރަނގަޅަށް ދޮވެގެން

22 ސެޕްޓެމްބަރ 2016

ތަރުކާރީ އާއި މޭވާގައި ތަފާތު ބަލިތަކުގެ ޖަރާސީމާއި ވައިރަސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދާދިފަހުން އެމެރިކާގައި ވެސް މިފަދަ މައްސަލައެއް ފެންމަތިވެފައިވެ އެވެ. އެ ގައުމުގެ 70 ވަރަކަށް މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހެޕަޓައިޓިސް އޭ ޖެހިގެން އެ ގައުމުގެ ސިއްހީ އިދާރާތަކުން ހޯދި ހޯދުންތަކުން އެނގުނީ އެކަން ދިމާވިކަމަށްވީ ގަނޑުކޮށްފައި ހުރި ސްޓްރޯބެރީޒް އިން ހަދާފައިވާ ސްމޫތީޒް ބުއިމުން ކަމެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސްމޫތީޒް ހެދުމަށް ބޭނުންކުރި ސްޓްރޯބެރީ އެމެރިކާ އަށް އިމްޕޯޓްކޮށްފައި ވަނީ މިސްރުން ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވެ އެވެ.

ހެޕަޓައިޓިސް އޭ އަކީ ލިވަ ނުވަތަ ފުރަމެޔަށް ގެއްލުންދޭ ވައިރަލް އިންފެކްޝަނެކެވެ. އަދި ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެކެވެ.

މި ބަލި އަރަނީ ބޮޑުކަމުދާ ނަޖިހުގެ އަސަރު ކުރި ކޮންމެވެސް ކާއެއްޗަކުންނެވެ. ވަކިން ޚާއްސަކޮށް، ރަނގަޅަށް ނުކައްކާ ހުންނަ ބާވަތްތަކުން މި ވައިރަސް މާގިނައިން ފެނެ އެވެ. އެއްގަމު މަހާއި މެޔޮނައިސް އަދި ކުކުޅުން ވެސް މި ބަލި ޖެހިދާނެ އެވެ. މި ނޫނަސް ކާން ބޭނުންކުރާ ކޮންމެ އެއްޗަކުން ވެސް މި ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަކީ އެކަށީގެންވާ ކަމެކެވެ. ހަގީގަތުގައި މި ވައިރަސް ކާނާއަށް އަރަނީ އެ ގެންގުޅެވޭ ގޮތުންނެވެ.

މިފަހަރު މި ދިމާވި މައްސަލައިގައި ސްޓްރޯބެރީގައި ބަލިޖައްސާ ވައިރަސް ހުންނަން މެދުވެރިވީ ކީއްވެކަމެއް ނޭނގެ އެވެ. ނަމަވެސް އޮފިޝަލުން ލަފާ ކުރަނީ ސްޓްރޯބެރީ ދޮންނަން ގެންގުޅުނު ފެންގަނޑު ތަޣައްޔަރުވެފައި ހުރީ ކަމަށެވެ.

ހެޕަޓައިޓީސް އޭގެ ނިޝާންތައް ވަރަށް ގިނަ އެވެ. އެހެންކަމުން މި ބަލި ކުރީކޮޅުތަކުގައި ދެނެގަންނަން އެހާ ފަސޭހައެއް ނޫނެވެ. މޭނުބައިކުރުން، ބަނޑަށް ތަދުވުން، ހުންފާޑުވުން، ބޭރަށް ހިންގުން، ބޮލުގައި ރިހުން އަދި ކަރުތެރޭގައި ރިއްސުމަކީ ވެސް މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ނަމަވެސް މިއީ އެހެން ފާޑުފާޑުގެ ބަލިތަކުގައި ވެސް ފެންނަ ނިޝާންތަކެކެވެ.

އެހެންވެ ގިނަ ފަހަރަށް، މިބަލި ޖެހިފައިވާ މީހުން ޑޮކްޓަރަކާ ހަމައަށް ދަނީ ލޯ ރީނދޫވެ ކުޑަކަމުދާއެއްޗެތީގައި ރަތްކުލަ ހުންނަން ފެށުމުންނެވެ. ހެޕަޓައިޓިސް އޭ ޖެހޭ ގިނަ މީހުންނަށް ވެސް އެމީހުންނަށް އެ ބަލި ޖެހުނުކަން ނުވެސް އެނގެ އެވެ. ނަމަވެސް ބަލި ޖެހުމުން 99.9 ޕަސެންޓް މީހުން ބަލިވެ އަދި ބަލި ފަސޭހަވެ އެވެ.