Roadha Mihaaru
އޮރެންޖާއި ބެރީ ޖޫހުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ

24 ނޮވެމްބަރ 2018

އޮރެންޖާއި އެކި ކަހަލަ ބެރީތަކުން ތައްޔާރުކުރާ ތާޒާ ޖޫހަކީ ފިރިހެނުންގެ ހަނދާން ގަދަކޮށްދޭން އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ. ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނި ގޮތިގައި އޮރެންޖާއި ބެރީ އާއި އެ ނޫން ވެސް ރަތާއި ފެހިކަން ގަދަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ތައްޔާރު ކުރާ ޖޫހަކީ އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް ދިމާވާ ހަނދާން ނެތުމުގެ މައްސަލަ އިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެހެންވެ އާންމުކޮށް އޮރެންޖާއި އެކި ބެރީތަކުން ތައްޔާރުކުރާ ޖޫސް ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ހެދުން މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އާދަވެގެން ކޮންމެ ދުވަހަކު ފިރިހެނުން އޮރެންޖް ޖޫސް ބޯ ނަމަ ހަނދާން ނެތެން ދިމާވާ މައްސަލަތަކުން 47 ޕަސެންޓަށް ރައްކާތެރިކޮށްދެ އެވެ. އެގޮތުން ތާޒާ ޖޫސް ބޯ ފިރިހެނުންނާއި ޖޫހާ ދުރު ފިރިހެނުން ބައިވެރިކޮށްގެން ހެދި ދިރާސާ އިން ވެސް ދެބައި މީހުންގެ މެދުގައި ހަނދާން ހުންނަ މިންވަރުގައި ބޮޑު ފަރަގެއް ހުރިކަން ފާހަގަ ކުރެވިފައިވެ އެވެ. އެހެންވެ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް އުމުރުން ދުވަސްވާ ވަރަކަށް ކެއުމުގެ ވައްޓަފާޅީގެ ތެރޭގައި ތާޒާ މޭވާ އާއި ތަރުކާރީ ބޭނުން ކުރުން އިތުރު ކުރަން ޖެހޭ ކަމަށް ދިރާސާފައު ބުންޏެވެ. "ކެއިންބުއިމުގައި ގެންގުޅޭ ވައްޓަފާޅި އާއި މީހާގެ ސިކުނޑީގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ވެސް ގުޅިލާމެހިފައިވާކަން މި ދިރާސާ އިން އަހަރެމެންނަށް ޔަގީންވި ކަމަކީ،" ދިރާސާ ކުރި ޓީމްގައި ހިމެނޭ އެމެރިކާގެ ހާވާޑް ޓީއެޗް ޗެން ޕަބްލިކް ސްކޫލްގެ ރިސާޗަރު ޗަންގްޒެންގް ޔުއާން ވިދާޅުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން