Roadha Mihaaru
ނޯތު ކޮރެއާ އިން ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި

ނޯތު ކޮރެއާ އިން ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި

20 ސެޕްޓެމްބަރ 2016

ޕިއޮންޔޮން (ސެޕްޓެމްބަރު 20) - ސެޓެލައިޓެއް އުދުއްސާލުމަށް ތައްޔާރުވުމުގެ ގޮތުން ނޯތު ކޮރެއާ އިން ރޮކެޓް އިންޖީނެއް ވަރަށް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (ސެޕްޓެމްބަރު 20) - ސެޓެލައިޓެއް އުދުއްސާލުމަށް ތައްޔާރުވުމުގެ ގޮތުން ނޯތު ކޮރެއާ އިން ރޮކެޓް އިންޖީނެއް ވަރަށް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ސެޓެލައިޓް ފޮނުވާލުމަށް ތައްޔާރީތައް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ސައެންސްވެރިންނާއި އިންޖިނޭރުންނަށް އަންގަވައިފަ އެވެ.

ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ އެ ގައުމުގެ ފަސް ވަނަ ނިއުކްލިއާ ޓެސްޓް ކޮށްފަ އެވެ. މިއީ ނޯތު ކޮރެއާ އިން މިހާތަނަށް ކުރި އެންމެ ބާރުގަދަ ޓެސްޓް ވެސް މެ އެވެ.

ނޯތު ކޮރެއާ އިން އަބަދުވެސް ވަނީ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްގައި ކުރިއެރުން ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރޮކެޓް އިންޖީން ޓެސްޓް ކުރުމަކީ އެ ގައުމުން ސެޓެލައިޓެއް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވުން ކަމަށް ވެސް ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.

ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ކުރުމުން އދ. މެދުވެރިކޮށް އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އެޅުމަށް އެމެރިކާ އާއި ޗައިނާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ނޯތު ކޮރެއާ އާ ދެކޮޅަށް ފާސްކުރާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރުހުން ދޭނެ ކަމަށް ޗައިނާ އިން ސާފު ބަހުން ބުނެފައެއް ނުވެ އެވެ. ޗައިނާ އަކީ ނޯތު ކޮރެއާގެ ވިޔަފާރި ބައިވެރިއެކެވެ. އެކަމަކު ނޯތު ކޮރެއާއާ މެދު ޗައިނާ އިން ނުތަނަވަސް ކަމެއް އުފެދިފައި ވަނީ ކިމް ޖޮން އުންގެ ހަރުކަށި ސިޔާސަތުގެ ސަބަބުންނެވެ. އދ. ގެ ގަރާރުގެ ދަށުން ނޯތު ކޮރެއާ އިން ނިއުކްލިއާ އަދި ބެލެސްޓިކް މިސައިލް ޓެސްޓް ކުރުން ވަނީ މަނާކޮށްފަ އެވެ.