Roadha Mihaaru
ތިން ހަފުތާތެރޭ ތިން މިސައިލް ކޮރެއާ އިން ޓެސްޓްކޮށްފި

ތިން ހަފުތާތެރޭ ތިން މިސައިލް ނޯތު ކޮރެއާ އިން ޓެސްޓްކޮށްފި

29 މެއި 2017

ޕިއޮންޔޮން (މެއި 29) - ނޯތު ކޮރެއާ އިން ކުރު ރާސްތާ ބެލިސްޓިކް މިސައިލެއް މިއަދު ޓެސްޓްކޮށްފި އެވެ. މިއީ ތިން ހަފުތާ ތެރޭ އެ ގައުމުން ކުރި ތިން ވަނަ މިސައިލް ޓެސްޓެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (މެއި 29) - ނޯތު ކޮރެއާ އިން ކުރު ރާސްތާ ބެލިސްޓިކް މިސައިލެއް މިއަދު ޓެސްޓްކޮށްފި އެވެ. މިއީ ތިން ހަފުތާ ތެރޭ އެ ގައުމުން ކުރި ތިން ވަނަ މިސައިލް ޓެސްޓެވެ.

ނޯތު ކޮރެއާ އިން ޓެސްޓްކުރި ސްކަޑް މިސައިލް ވަނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވެއްޓުމުގެ ކުރިން 450 މިލޯ މީޓަރު (280 މޭލު) އަށް ދަތުރުކޮށްފަ އެވެ. މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. ކެބިނެޓް ސެކްރެޓަރީ ޔޮޝިޑީ ސުގާ ވިދާޅުވީ މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ ސާޑޯ އާއި އޮކީ ޖަޒީރާތަކުގެ މެދަށް ކަމަށެވެ.

އޮބްޒާވަރުން ބުނަނީ މިސައިލް ޓެސްޓްތަކުން ދޭހަކޮށްދެނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ތަރައްގީ ކުރުމުގައި ކުރިއެރުން ހޯދަމުންދާ ކަމެވެ. ނޯތު ކޮރެއާ އިން ނިއުކްލިއާ މިސައިލް ޓެސްޓް ކުރުން އދ. ގެ ގަރާރަކުން ވަނީ މަނާކޮށްފަ އެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ ނޯތު ކޮރެއާ އިން މިސައިލް އުދުއްސާލާފައި ވަނީ ވޮންސަން އިން ކަމަށެވެ. އަދި އެ މިސައިލް ދަތުރު ކުރީ ހަ މިނިޓް ވަންދެން ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުތު ކޮރެއާގެ އަސްކަރިއްޔާ އިން ބުނީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލް ދަތުރުކުރީ 120 ކިލޯމީޓަރު އުހުން ކަމަށެވެ. އަދި އެ ގައުމުން ޓެސްޓްކުރީ ކިތައް މިސައިލްތޯ ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޯތު ކޮރެއާ އިން މިސައިލް ޓެސްޓްކޮށްފައި ވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ ބެއްލެވުމުގެ ދަށުން، މަތިންދާ ބޯޓަށް ހަމަލާ ދެވޭ ނިޒާމެއް ޓެސްޓްކުރިތާ އެއް ދުވަސް ފަހުންނެވެ. ނޯތު ކޮރެއާ އިން ބުނީ އެ ގައުމުން މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާ އިން ދީފާނެ ހަމަލާއަކަށް ރައްދު ދިނުމަށް ކަމަށެވެ.