08 ސެޕްޓެމްބަރ 2019
ސިނަމާލެ ބްރިޖުގައި ސައިކަލް ދުއްވާއިރު، ހެލްމެޓް އަޅަން މަޖުބޫރު ކުރުމުން އެކްސިޑެންޓުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖުގައި ސައިކަލް ދުއްވާއިރު، ހެލްމެޓް އަޅަން މަޖުބޫރު ކުރުމުން އެކްސިޑެންޓުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި-މީޑިއާ އެކު" ގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިނަމާލެ ބްރިޖުގައި އެކްސިޑެންޓުތައް މަދުވުމުގެ އިތުރުން އެ އެކްސިޑެންޓުތަކުގައި ފުރާނަ އަށް ނުރައްކާވުން ވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ.
ޓްރާންސްޕޯޓުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި "ވަގަޑި-މީޑިއާ އެކު" ގައި މިނިސްޓަރު ނަހުލާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަަހުލާ ވިދާޅުވި ގޮތުގައި ޓްރެފިކްގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވަން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ސްކޫލު ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަ ކޮށްގެން ހިންގާނެ އެވެ. އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 7، 2018 ގައި ބްރިޖް ބޭނުން ފެށިފަހުން ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވެ އެވެ. އެ އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާވެ އެވެ.
ސިނަމާލެ ބްރިޖާއި އެއާ ގުޅިފައިވާ ހައިވޭގައި ސައިކަލްގައި ދާއިރު ހެލްމެޓް އެޅުން ސަރުކާރުން މަޖުބޫރުކުރީ މިދިޔަ މާޗު 10 ވަނަ ދުވަހުން ފެށިގެންނެވެ.
ހެލްމެޓުގެ ޝަރުތުތައް ހާމަކޮށްފި
އެހެންމީހެއްގެ ހެލްމެޓާ ހެދި އެކްސިޑެންޓުވެ އައިސީޔޫއަށް
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓު މަދު ނުވާނެ: އައިޝާ
ހެލްމެޓް ދޫކުރާ ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށަނީ
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވެ ހާލު ސީރިއަސް