21 ފެބުރުއަރީ 2019
އާންމުންނަށް ހެލްމެޓު ބަހަން ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އާންމުންނަށް ހެލްމެޓު ބަހަން ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ހެލްމެޓު ލިބޭނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވައި ދެ ގަޑިއިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ކަމަށެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ މީހުންގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ، ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއް ކަން އުޅަނދު ދުއްވާ މީހަކަށް އަންގައިދިނުމެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނި ގޮތުގައި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވުމަށް ހުއްދަ އޮންނަ ސަރަހައްދުތަކުގަ އެވެ. އެގޮތުން މާލެ، އައްޑޫ އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްރަށާއި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.
ހިލޭ ހެލްމެޓު ލިބޭ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، ރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ނަން ނޯޓްކުރެވޭނެ އެވެ.
އަންނަ މަހުގެ 10 އިން ފެށިގެން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމައިފަ އެވެ. އެ ގެނެސްދޭނެ ބަޔަކު ހޯދަން ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި ހެލްމެޓު އަޅަން މަޖުބޫރުކުރަން ނިންމީ، އެ ތަނުގައި އެކްސިޑެންޓުތައް ގިނަވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނިކޮށެވެ.
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު
ހެލްމެޓާއެކު އެކްސިޑެންޓު ވަރަށް މަދުވެއްޖެ: މިނިސްޓަރު
ހެލްމެޓުގެ ޝަރުތުތައް ހާމަކޮށްފި
ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓު މަދު ނުވާނެ: އައިޝާ
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ
ދައްކަނީ އަބުރުކަތިލުމުގެ ވާހަކަތަކެއް: ނަހުލާ
މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ނުކުރަން: ޝިމާޒް