Roadha Mihaaru
ޓީޗާސް ކޮންފަރެންސް: ބަދަލުތަކެއް ފެންނާނެ

ޓީޗާސް ކޮންފަރެންސް: ބަދަލުތަކެއް ފެންނާނެ

09 ސެޕްޓެމްބަރ 2019

ކިޔަވައިދިނުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެވޭނެ އެންމެ ފަސޭހަ މަގަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ޓީޗަރުންގެ ކޮންފަރެންސް އެވެ. ވަރަށް ފުޅާ ދާއިރާއެއްގައި، ތައުލީމަށް ހާއްސަކޮށްގެން އޭގެ ފަސް ވަނަ ކޮންފަރެންސް މިދިޔަ ހަފުތާގައި ނިންމާލީ އާ ކަންތައްތައް އެނގި، ދަސްވެގެންނެވެ. އެއީ ކިޔަވައިދިނުމަށް ހެޔޮ އަސަރުކުރާނެ ކަމެއްކަން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ފަރާތުން ކޮންފަރެންސަށް ހަމަޖެއްސެވި ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ފާހަގަކުރެއްވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އާއި ރާއްޖޭން ބޭރުން 250 އަށްވުރެ ގިނަ ބައިވެރިންނާ އެކު އައްޑުގައި ބޭއްވި ކޮންފަރެންސަށް 98 ޕޭޕަރު ގަބޫލުކޮށްފައި ވެ އެވެ. އޭގެ ތެރެއިން 87 ޕޭޕަރެއް ވަނީ ކޮންފަރެންސްގައި ހުށަހަޅައިފަ އެވެ. ޝުހުދާ ވިދާޅުވި ގޮތުގައި މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވި ޓީޗަރުންގެ އަދަދު، އޭގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އިތުރެވެ. އެއީ ކޮންފަރެންސް ކާމިޔާބުވާކަމުގެ ހެއްކެއްކަން ފާހަގަކުރެއްވި އެވެ.

ކޮންފަރެންސްގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާނު އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގެ މީހުން ހިމެނެ އެވެ.

ޓީޗާސް ކޮންފަރެންސްގައި، ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެންއައިއީ

ޓީޗާސް ކޮންފަރެންސްގައި، ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެންއައިއީ

"މިފަހަރު ކޮންފަރެންސަށް ހުށަހެޅި ޕޭޕަރުތައް އިތުރު. އެހެންވެ އެ ކޮންފަރެންސް ބޭއްވުމުގެ މަގުސަދު އެބަ އެބަ ހާސިލްވޭ. އެއީ ދިރާސާކުރުމުގެ ސަފާގަތް އަށަގެންނެވުން. އަނެއްކާ ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވި ޓީޗަރުންގެ އަދަދު އިތުރުވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް. މީގެ ކުރިން ޓީޗަރުން ހުށަހަޅާ ޕޭޕަރު ވަރަށް މަދު،" ޝުހުދާ ވިދާޅުވި އެވެ.

ޕޭޕަރު ހުށަހެޅި ދާއިރާތަކުގެ ތެރޭގައި، ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމާއި ލީޑަޝިޕާއި ހަޔަ އެޑިއުކޭޝަނާއި ވޮކޭޝަނަލް އެޑިއުކޭޝަނާ ގުޅުންހުރި މައުލޫތައް ހިމެނެ އެވެ.

"އެޑިއުކޭޝަން އިން ގްލޯބަލް، ނޭޝަނަލް އެންޑް އިންޑިވިޖުއަލް ކޮންޓެކްސް" ތީމަށް ހާއްސަކޮށްގެން މިދިޔަ ބުދަ އާއި ބުރާސްފަތި ދުވަހު ބޭއްވި ކޮންފަރެންސްއިން ތައުލީމީ ދާއިރާއާ ގުޅުން ހުރި މުހިއްމު ކަންތައްތައް ފާހަގަވެގެންދިޔަ އެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ރަނގަޅަށް މަސައްކަތްނުކުރަނީ ކިހިނެއްވެގެންތޯ އަދި އެކަން ރަނގަޅަށް ކުރުމަށް ގެނެވޭނެ ބަދަލުތަކާ ގުޅޭގޮތުން ޕޭޕަރު ހުށަހެޅި އެވެ. އެކަންކަމުގެ އިތުރުން ތައުލީމީ މަންހަޖަށް އަމަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ފާހަގަވި އެވެ.

ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މީގެ ކުރިން ބޭއްވި ކޮންފަރެންސްގައި ބައިވެރިވި މީހުން ވެސް ހިމެނޭ މިފަހަރުގެ ކޮންފަރެންސްގައި. އެ ޓީޗަރުންގެ ފަރާތުން މައުލޫމާތު ލިބޭ ކޮންފަރެންސް ވަރަށް ރަނގަޅަށް ކުރިއަށްދާކަން،" ޝުހުދާ ވިދާޅުވި އެވެ.

މީގެ ކުރީގެ ހަތަރު ކޮންފަރެންސް ވެސް ބޭއްވީ މާލޭގަ އެވެ. އައްޑޫގައި ބޭއްވުމުން އެ ރަށުގެ އާއްމުންނާ ގުޅިގެން ހަރަކާތްތައް ގެންދެވުނު ކަމަށް ވިދާޅުވި އެވެ.

ކޮންފަރެންސްގައި، ދެ ކީނޯޓް ސްޕީކާއިން ވާހަކަދައްކަވާފައި ވެ އެވެ. ފުރަތަމަ ދުވަހު، ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދެއްކެވިއިރު ދެން ކީނޯޓް ސްޕީޗް ދެއްވީ އިނގިރޭސިވިލާތުގެ ސެންޓާ ފޯ އިވެލުއޭޝަން އެންޑް މޮނިޓަރިން ޕޮލިސީގެ ޑައިރެކްޓާ އެވެ. ހަމަހަމަ ތައުލީމާއި މިނިވަންކަމާއެކު އެސެސްމަންޓު ހެދުމާ ގުޅޭގޮތުން އޭނާ ވާހަކަދެއްކެވި އެވެ.

އެއަށްފަހު މި ސަރަހައްދުގެ ތައުލީމަށް އަންނަ ބަދަލުތަކާއި ކުރިއެރުންތަކާ ބެހޭގޮތުން ޕެނަލް ޑިސްކަޝަން ބޭއްވި އެވެ.