03 ސެޕްޓެމްބަރ 2019
ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިފައި އޮތުން މުހިންމު ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިފައި އޮތުން މުހިންމު ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަނާ އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މަހުލޫފެވެ.
ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރެވުނީ 61 ރަށަކަށް ޖިމް ސާމާނު ގެނައުމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރާ މަސައްކަތުގައި ޖިމްގެ ސާމާނު ގެންނަން 8.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި މި ސާމާނު ރަށްރަށަށް ގެންގޮސް އިންސްޓޯލްކުރުމަށް އިތުރު ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ވަނީ ޖިމް ގާއިމުކުރާ ރަށްރަށުން ބިން ހަމަޖައްސައިދިނުމަށް އެ ރަށްތަކަށް އަންގައިފަ އެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ ޖިމް ސާމާނު ގެނައުމުގެ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުން ސޮއިކުރުމަކީ މުސްތަގުބަލުގައި މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަނުން ކުރަން ހުރި ގިނަ މަސައްކަތްތަކެއްގެ ފެށުމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކޮށް އަޅުގަނޑުމެންގެ އިސް ބައިވެރިއެއްގެ ގޮތުގައި އޮތުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ހުރިހާ ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ސަރުކާރުގެ ފަރާތުން ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮޖެކްޓްގެ ތެރެއިން ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި ރަށްރަށުގައި ތިބޭ ސްޕޯޓްސް ކައުންސިލަރުންގެ އެހީގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
މާއްޓޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުގެ ޒިންމާ ވީ އެންމެ ފުރިހަމަ އަށް އަދާކުރުމަށް، އަލަށް އައި ބޯޑުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކުރުމުގެ ޕްލޭންތަކެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް މާއްޓޭ ވިދާޅުވި އެވެ.
"ސަރުކާރުން ވަރަށް އިސްކަމެއް ދީގެން 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ގިނަ މަސައްކަތްތަކެއް ކުރެވޭއިރު. ސްޕޯޓްސް ކޯޕަރޭޝަނުން ވެސް ވަރަށް ރަނގަޅަށް އޭގެ މަސައްކަތްތަކުގައި ބައިވެރިވާނަން،" މާއްޓޭ ވިދާޅުވި އެވެ.
ސްޕޯޓްސް ކޯޕަރޭޝަނަކީ ސަރުކާރުގެ އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ބަޔަކަށްވާއިރު އެކަން ކުރެވޭނެ ގޮތްތަކެއް ހޯދައި އެ މާހައުލު ގާއިމްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން ކަމަށް މާއްޓޭ ވިދާޅުވި އެވެ.
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!
މާޒިޔާ އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފި
ގައުމީ ޓީމުތަކަށް ހާއްސަ "އަރުތަ ޖިމް" ހުޅުވައިފި
ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް އުނދަގޫވޭ
ހަސަންގެ އިސްލާހަށް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
ސްޕޯޓްސް ކޯޕަރޭޝަން އުވާލަންޖެހޭ: މަހުލޫފް
"ކުޅިވަރު މުބާރާތްތައް މި އަހަރު ބޭއްވޭތޯ ބަލާނަން"
ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި
ރާއްޖެއާ ދެކޮޅަށް ލަންކާ އިން ވަރުގަދަ ޓީމެއް
އައިއޯއައިޖީގެ މަަސައްކަތުގައި މިނިސްޓަރުން ގައުމުތަކަށް